ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ، ޓީ ހަޓް ރެސްޓޯރަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ސަރަހައްދުގައި ހުރި މީހަކު 'ސަން'އަށް ބުނީ، ރޯވެގެން އުޅެނީ އެ ރެސްޓޯރަންޓުގެ ބަދިގޭގައި ކަމަށެވެ.
ހާދިސާ ހިނގީ ދެންމެއަކު ކަމަށާއި އެތަނުގެ އެތެރެއިން އެއްޗެއް ވަރަށް ބާރަށް ގޮވި އަޑު އިވުން ކަމަށް އެމީހާ ބުންޏެވެ.

"ހީވަނީ ގޭސްފުޅިއެއް ހެން އެ ގޮވީ. ވަރަށް ބާރަށް އެއްޗެއް ގޮވައިގެން ދިޔައީ"
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ހުޅުމާލެ "ޓީ ހަޓް" ކިޔާ ރެސްޓޯރެންޓެއްގައި އަލިފާން ރޯވެގެން ހުޅުމާލޭ ފަޔާ ސްޓޭޝަންއިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.