ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓުގައި ޕީއެންސީގެ 10 މެންބަރުން ބައިވެރިނުވޭ، ފިޔަވަޅު އަޅަނީ

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ 10 މެންބަރަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ން މިއަދު ދީފިއެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ.

https://www.sun.mv/203027

އެ ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ 10 މެންބަރުން ބައިވެރިވަޑައިނުގަންނަވައެވެ. އެއީ:

  1. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު
  2. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
  3. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު
  4. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
  5. ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  6. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
  7. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  8. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
  9. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
  10. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފަހުން ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭގެ ތެރެއިން ނުވަ މެންބަރުން އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި ކަމަށެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ދެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގާ ޕީއެންސީން، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހެޅީ އެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.

އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތެވެ.

އެކަމަކު، އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ރޭ ވަނީ އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް މިއަދު ވަނީ އެ ބިލު ބަލައިގެންފައެވެ. ކޮމިޓީ ވެސް ވަނީ މިއަދަށް އެޖެންޑާކޮށްފައެވެ.

comment ކޮމެންޓް

comment ދިލްސާ

1 month 2 day ago

10 މެންބަރުންނައް އެއްފަހާފިޔަވަޅު ނާޅާނެ ބިރުދައްކަނީ ގަދަބާރުން ކަންތައްކުރުވިޒަމާން މާޒީވެހިގައްޖެ މިހާރު ރައްޔަތުންނައް ޕާޓީތެރޭގައޮތް ގޮތް ވަރައްސާފުކޮއްއިނގިއްޖެ ޓިނުއަދުރޭވެސް ބޭރުކޮއްނުލެވުނީ

comment ދިވެހި ޒުވާނެއް

1 month 2 day ago

މަޖިލިހަށް ހޮވަނީ ޕާޓީ ތަމްސީލުކޮށް ޕާޓީގެ ވެރި މީހާގެ ހިތްރުއްސާކަށެއް ނޫން. ދާއިރާގެ އަޑު އިއްވަން، ދާއިރާގެ މީހުންނަށް އެއްމެ ފައިދާ ވާނެހެންް ގާނޫނު ހަދަން. ވެރިމީހާ ބުނާގޮތަށް ގާނޫނު ހަދާ ވޯޓު ދޭކަށެއް ނޫން.

comment ކަނީސާ

1 month 2 day ago

ޙުސްނުއްސުޢޫދާ އަލީރަޝީދަކީ ރަތްލާޖެހި އެމްޑީޕީގެ މީހުން ސުޢޫދު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ ހުރެފަ ވަކިވީ ފަނޑިޔާރުކަން ދޭނެކަމަށް ބުނުމުން. ޢަލީރަޝީދު ޔާމީނުއާ އިދިކޮޅަށް ހުކުމް ކުރީމަ ޕްރޮމޯޓު ކުރީ. މިދެފަނޑިޔާރުން ތިބީ އެމްޑީޕީ ފޭރާން ލައިގެން.ޔާމީނު ވެރިކަމުގައި ވެސް ފަނޑިޔާރުން ސިޔާސީވެފަ ތިބި ވަރު ފެނިގެން ދިޔަ ވަރަށް ސާފުކޮށް. ޢެމްޑީޕީ މީހުންގެ ރޭވުމުގެ މަތިން ހައިކޯޓުން ބަޔާން ނެރުނީ. ޢެމީހުންނަށް އެނގޭ އެރޭބަޔާން ނެރޭނެ ކަންވެސް

comment ބެރި

1 month 2 day ago

ރާއްޖެއިން އެބަހުރި އިސްލާމީ ގައުމުތަކާ ބެހޭ ބައެއް ވޯޓުނަގާފަހުރި އިރު ވޯޓުގައި ބައިވެރިނުވެފަ ޔޫއެންގަ.

reply އިއްސެ

1 month 2 day ago

ރާއްޖެއަށް ބަނގުރާ އެތެރެކޮށްފަ، ވިއްކާފަ، އޭގައިން ޓެކްސް ވެސް ނަގާ. ހަމަ ހީވާކަހަލަ މިދައުލަތުން ވެރިރަސްކަލާނގެއަށް ވުރެ މުހިއްމީ ރިސޯޓު އޯނަރުންނޭ ބުނާހެން.

comment ފުއްބުރު

1 month 2 day ago

ޕާޓީން ވަކިކުރޭ. އޭރުން ގޮނޑީގަ ރަނގަޅަށް ތިބެވިފަ ހުންނާނީ.

comment އަތަށްގޮވަނީ

1 month 2 day ago

ތިއޮތީ ހަމަ ރަނގަޅަށްވެސް ފަޅިފަޅިވެފައި. ދެން ނަތީޖާ މާ ތާހިރެއް ނުވާނެ. މާބޮޑަށް ކަންކަމުގައި ހަރުކަށިވެގެން އުޅުމަކީ ވަރަށް ފަސޭހައިން ބިންދައިގެން ދާނެ ކަމެއް. ދެން ގޮވާނީ އަތަށް. ބަލަންތިބޭތި.