ދެކުނު ކޮރެއާގެ މަޝްހޫރު މިއުޒިކް ގްރޫޕް އަދި މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގްރޫޕު، "ބެލްކްޕިންކް" ބްރޭކަށް ފަހު އަންނަ ޓުއާ ޖުލައި މަހު ފެށުމަށް އިއުލާނުކޮށްފިއެވެ.
ކޮރިއާގެ މިއުޒިކް ލޭބަލް ވައިޖީގެ އެންމެ ބޮޑު ގްރޫޕު ބްލެކްޕިންކް ބްރޭކަކަށް ދާން އުޅޭކަން އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރެވެ. އެއާއެކު އެތައް ބަޔަކު ހީކޮށްގެން ތިބީ ގްރޫޕު އެއްކޮށް މަސައްކަތް ކުރުން ހުއްޓާލަން ތައްޔާރުވަނީ ކަމަށެވެ. އަދި ގުރޫޕުގެ ހުރިހާ މެންބަރުން ސޯލޯ ކެރިއަރާއެކު ކުރިއަށް ދާން ފެށުމުން ފޭނުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވިއެވެ.
އެހާ ހިސާބުން ވައިޖީ ބުނަމުން އަންނަނީ ވަރަށް އަވަހަށް ގްރޫޕު އެނބުރި އަންނާނެ ކަމަށެވެ. އަދި، ގްރޫޕު އެނބުރި އަންނާނީ ވޯލްޑް ޓުއާއަކާ އެކުގައި ކަމަށް ވެސް ކުންފުނިން ބުނެއެވެ. ނަމަވެސް، ޓުއާ ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.
ވައިޖީއިން ބްލެކްޕިންކްގެ ޓުއާ އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް ޓުއާ އިއުލާނު ކޮށްފައިވަނީ އެއްވެސް ތާރީހަކައި ނުލައެވެ. އެންމެފަހުން ޓުއާގެ ތާރީހު ވެސް މިއޮތީ އިއުލާނު ކޮށްފައެވެ.

ކެޕްޝަން..
މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ މި ޓުއާގައި 11 ސަރަހައްދެއްގައި ޕަފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ދެކުނު ކޮރިއާއިން ފެށުމަށް ހަމަޖެހިފައިވާ މި ޓުއާ، އެމެރިކާއާއި އޭޝިއާގެ އިތުރުން ޔޫރަޕުގައި ވެސް ކުރިއަށް ގެންދާނެއެވެ. އެއަށްފަހު ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ޖަޕާނުންނެވެ.
ޓުއާ އިއުލާނު ކޮށްފައިވާއިރު ގްރޫޕުގެ އެއް މެންބަރު ކަމަށްވާ ރޮޒޭ ވަނީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް މިއަހަރު ރިލީޒްކޮށްފައެވެ. ބާކީ ތިން މެންބަރުން ކަމަށްވާ ޖެނީ، ލިސާ އަދި ޖިސޫގެ ސޯލޯ އަލްބަމްތައް ވަރަށް އަވަހަށް ނެރުމަށް ވަނީ ތާވަލުކޮށްފައެވެ. ބެލެވޭ ގޮތުގައި ޓުއާގެ ތާރީޚުތައް އިއުލާނު ކުރާނީ އަލްބަމްތައް ރިލީޒްކޮށް ނިމުމުންނެވެ.
ޓުއާ ފެށުމަށް ތައްޔާރުވާއިރު ޓުއާގެ ކުރީން ގްރޫޕު އެއްކޮށް އާ މިއުޒިކް ވެސް ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.