ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަންޖޭ ދަތާއި ސަލްމާން ޚާން އެކީގައި ހޮލީވުޑްގެ ފިލްމު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ސައުދީ އަރަބިއްޔާގެ އަލް-އުލާ ސްޓޫޑިއޯގައި ޝޫޓިން ކުރިއަށްގެންދާ ފިލްމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ނަން ހާމަކޮށްފައިނުވާ މި ފިލްމުގައި ސަންޖޭ އާއި ސަލްމާން ކުޅޭނީ ޚާއްސަ ފެނިލުންތަކެއް ކަމަށާއި މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހަށް ދެ ތަރިން ހިމެނޭ މަންޒަރުތައް ސައުދީ ސްޓޫޑިއޯގައި ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލްމާން ޚާން އަދި ސަންޖޭ ދަތު މުހިއްމު ރޯލް ކުޅުނު ފިލްމު "ޗަލް މެރެ ބާއީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަންޖޭ އާއި ސަލްމާނަކީ ހަމައެކަނި ބޮލީވުޑްގައި މަޝްހޫރު ދެ ތަރިން ނޫން ކަމަށާއި އެއީ މެދުއިރުމަތީ ޤައުމުތަކުގައި ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެ ތަރިން ކަމަށް ބިޒްނަސް ސްޓޭންޑްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ބުނެފައިވެއެވެ.
ދެ ތަރިންގެ ޚާއްސަ ފެނިލުންތައް ހިމެނޭ މި ޕްރޮޖެކްޓަކީ ވަރަށް ވަރުގަދަ ތުރިލާއެއް ކަމަށާއި ސަލްމާން އާއި ސަންޖޭގެ ސީންތައް ފަރުމާކޮށްފައި ވަނީ ވެސް ބައިނަލްއަޤްވާމީ ފެންވަރާ ހައިބަތު ހުންނާނެފަދަ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާން އާއި ސަންޖޭއަކީ މީގެ ކުރިން ވެސް އެކީގައި ފިލްމުތަކުން ފެނިފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި ފިލްމު "ސަންޖޭ" ޗަލް މެރެ ބާއި" އަދި "ޔޭ ހޭ ޖަލްވާ" ހިމެނެއެވެ.
ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ފިޠުރު ޢީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ސިކަންދަރު" އިންނެވެ.