ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑާ ގުޅިގެން ބޭއްވި ޕްރޮމޯޝަންގައި ކޮލޮމްބޯ ފެޝަން ވީކްގެ އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ އިބްރާހީމް ސަލީމެވެ.
ބީއެމްއެލްއިން ބުނީ، ފެޝަން ވީކްގައި ސަލީމާއި އޭނާއާއެކު މި ދަތުރުގައި ބައިވެރިވާ މީހަކަށް މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސްރީލަންކާއަށް މި ޝޯ ބަލައިލަން ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެގޮތުން، ސަލީމްގެ އިނާމަކަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓާއި، ފަސް ތަރީގެ ހޮޓަލެއްގައި ހުރުމާއި، ވީވީއައިޕީ އިވެންޓު ޓިކެޓް ހިމެނޭއިރު، ތަފާތު ކަލިނަރީ ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހަމައެކަނި ބީއެމްއެލްގެ މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
މިއީ ބޭންކުން ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގުނު ޕްރޮމޯޝަނެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.