އިންޑިއާގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާ ކައިވެނިކުރުމުގެ ކުރިން އެ އާއިލާ މެންބަރުންގެ ޖެނެޓިކްސް ލިސްޓެއް ޓުވިންކަލް ހޯދިކަމަށް ބުނެފިއެވެ.
އަކްޝޭއާ ކައިވެނިކުރުމުގެ ކުރިން އެ އާއިލާގެ ހުރިހާ މެންބަރުންގެ ވެސް ބޮޑު ބައްޔެއް ހުރިތޯ ބަލައި އެ ބައްޔަށް ހުށަހެޅުނީ ކީއްވެގެންތޯ ހެދުމަށް ފަހު ބަލިން ރަނގަޅުވި ގޮތުގެ މައުލޫމާތު ވެސް އޮޅުންފިލުވާފައިވާނެ ކަމަށް ކުރީގެ ބަތަލާ ޓުވިންކަލް ވަނީ ބުނެފައެވެ.
ޓުވިންކަލް ބައިވެރިވި ޓޯކް ޝޯ ކޮފީ ވިތު ކަރަންގެ އެޕިސޯޑެއްގައި ބުނެފައިވަނީ އެގޮތަށް ކަންތައް ކުރީ ވަރަށް ގިނަ ސަބަބުތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން، ކައިވެންޏަށް ފަހު ދަރިން ހޯދުމަށް ޕްލޭންކުރާއިރު ދެ މީހުންގެ އާއިލާގައި ވެސް ވާރުތަވާ ބައްޔެއް ހުރި މީހަކު އެނގުމަކީ ރައްކާތެރި ގޮތެއް ކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ.

ޓުވިންކަލް ފިރިމީހާ/އެކްޓަރު އަކްޝޭ ކުމާރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މިކަމާ ގުޅިގެން ވާހަކަދައްކަމުން ކޮފީ ވިތު ކަރަންގެ އެޕިސޯޑުގައި އަކްޝޭ ބުނީ، އެކްޓަރުގެ އާއިލާގެ މެންބަރުންގެ ބޮލުން އިސްތަށި ފައިބަން ފެށީ ކޮން އުމުރެއްގައިތޯއާއި އާއިލާގެ މެންބަރުންގެތެރެއިން ދުނިޔެ ދޫކޮށްފައިވާ މެންބަރުންގެ މެޑިކަލް ހިސްޓްރީ ވެސް ޓުވިންކަލް ހޯދި ކަމަށެވެ.
ޓުވިންކަލް ބުނިގޮތުގައި ކުދިންގެ ކުރިމަގަށާއި އެ ކުދިންގެ ސިއްހަތު ހެޔޮގޮތުގައި ބައްޓަން ކުރުމަށް އެއީ ކުރި ވަރަށް މުހިއްމު ސާވޭއެއް ކަމަށާއި އެކަމުގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.
އަކްޝޭއާއި ޓުވިންކަލްގެ ކައިވެނިކުރެވުނީ 2001 ވަނަ އަހަރެވެ. މި ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. ކައިވެންޏަށް ފަހު ޓުވިންކަލް ވަނީ ފިލްމީ ދާއިރާ އެއްކޮށް ދޫކޮށްލުމަށް ފަހު ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަށާފައެވެ.