މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ދެވަނަ ޝޯ ރޭ އޮލިމްޕަހުގައި ބާއްވައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހެވެ.
މަޖީދީ ދަންމަރުގެ ދެވަނަ ޝޯގައި ވެސް މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ތެރޭގައި ހިމެނޭ، ސްކޫލު ދުވަސްވަރު މިޔުޒިކް ކުޅުނު ފަންނާނުންގެ މައްޗަށް އެކުލެވޭ ދަ ސެންޓިނަރީ ބޭންޑާ އެކު މަޖީދިއްޔާއަށް ނިސްބަތްވާ އިތުރު ފަންނާނުން ވެސް ވަނީ ބައިވެރިވެފައެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ދެވަނަ ޝޯގެ ތެރެއިން --
ހުރިހާ ޓިކެޓެއް ވިކި ހުސްވި ރޭގެ ޝޯގައި ވެސް ކުރީގެ ވަރަށް ގިނަ ލަވަތައް ސެންޓިނަރީ ބޭންޑާ އެކު ތަފާތު ފަންނާނުން ވަނީ ހުށަހަޅައިދިފައެވެ. މި ފަހަރު ވެސް އެކްސްރޭ އާތިފް، މައިޒާން އަލިބެ، ސުނިލް، ޕެނަމާ ޝަފީގް، ޝަމްއޫން ޙަމީދު، ޝަމާލް، ފަޔާޒް މަންސޫރު، ސުހައިލް، ޖުވެލް ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ޝޯގައި ވަނީ ދައްކާލާފައެވެ.
އަދި، އަލަށް ފެނުނު ފަންނާނުންގެ ތެރޭގައި ޔައުގޫބް، ތޮލާ، ޝާމް އަދި ގިޔާސް ވެސް ހިމެނުނެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ދެވަނަ ޝޯގެ ތެރެއިން --
މީގެ އިތުރުން، އަމީނިއްޔާ މުސްކުޅި ދަރިވަރުންގެ ފަރާތުން "މިނިވަން ވަޔާ"ގެ ޚާއްޞަ ހުށަހެޅުމެއް ވެސް ޝޯގައި ވަނީ ދައްކާލާފައެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ދެވަނަ ޝޯގެ ތެރެއިން --
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއާ ގުޅިގެން މަޖީދީ ދަންމަރުގެ މިޔުޒިކް ޝޯތައް އިސްވެ، އިންތިޒާމްކުރައްވާ އަމީން ފައިސަލް ވިދާޅުވީ، ރޭ ބޭއްވުން ޝޯއަކީ ވަރަށް ކާމިޔާބު ޝޯއެއް ކަމަށެވެ.
"ހަމަ ވަރަށް ސަކްސެސްފުލް ޝޯއެކޭ ބުނެވޭނީ. ވަރަށް ހިތްހަމަ ޖެހުނު. ޓިކެޓުތައް ވިކި ހަމަ ފުލްވެގެން ދިޔައީ. ފުލްވެގެން އިތުރަށް ޝޯއެއް ބާއްވަދޭން ވެސް އެދުނު،" އަމީން ފައިސަލް ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާ ކައުންޓްޑައުނާ ގުޅުވައިގެން މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބާއްވަމުން އަންނަ މިޔުޒިކް ޝޯ "މަޖީދީ ދަންމަރު"ގެ ދެވަނަ ޝޯގެ ތެރެއިން --
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ މި ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. މި ޝޯގެ ރިކޯޑިން ވަރަށް އަވަހަށް އެސްއެސްޓީވީން ގެނެސްދެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން ތިބީ ހަމައެކަނި މާލޭގައި ނޫންކަމުން، މަޖީދީ ދަންމަރުގެ އިތުރު ޝޯތައް މާލެއިން ބޭރުގައި ބާއްވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން، އަމީން ވިދާޅުވީ، 600 ދުވަހުގެ ކައުންޓްޑައުން ޝޯ މި އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.