މި ވަގުތު ރާއްޖޭގެ އެންމެ ބިޒީ ފިލްމު ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވާ ޝޯ ކަމަށްވާ "ފެށުމާއި ނިމުން"ގެ ކާސްޓު އާންމުކޮށްފިއެވެ.
ޑާކްރެއިނުން ފެށުމާއި ނިމުން ދައްކަން ތައްޔާރުވެފައިވާއިރު އެ ޕްރޮޑަކްޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި އާ ޓީވީ ޝޯއެއް ދައްކަން ފަށާފައެވެ. އެއީ "ރޯލީމޭ" އެވެ. ރޯލީމޭއަށް ފަހު އެންމެ އަވަހަށް ދެން ނެރޭނެ އުފެއްދުމެއްކަމަށް ޑާކްރެއިނުން ހާމަކޮށްފައިވަނީ "ފެށުމާއި ނިމުން"އެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ޝޯގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ޝުހާ އާއި ޝަރަފު އަބްދުالله އާއި މޫސާ އަލީފެވެ. އޭގެ އިތުރުން މުހައްމަދު ރަޝީދު (ދަރާ) އާއި ހުސައިން ސާމީ އަދި ފާތިމަތު ފައިނާ ވެސް މި ޝޯއިން ފެންނާނެއެވެ. ފައިނާއަކީ ޑާކްރެއިނުން އަލަށް ތައާރަފުވާ ތަރިއެކެވެ.
https://www.instagram.com/p/DGBWoHjyCts
އަލަށް އިއުލާނުކޮށްފައިވާ ޝޯގެ ފަހަތުގައި ވެސް ވަނީ ރޯލީމޭގެ ކްރޫއެވެ. އެގޮތުން، މި ޝޯގެ ސްކްރީންރައިޓަރަކީ ޝަހުދާ މަހުމޫދެވެ. ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ އަލީ ޝަފީއު (ޗިއްޕެ)އެވެ. މި ދެ މީހުންނަކީ ރޯލީމޭގެ މަސައްކަތް ވެސް އެކީގައި ކޮށްފައިވާ ދެ މީހުންނެވެ.
އައިޝަތު ފުވާދާއި މުހައްމަދު އަލީ (މޮގާ) ޑައިރެކްޓްކުރާ މި ޝޯގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަންނަ އަހަރުގެ ކުރީކޮޅުގައި މި ސްކްރިޕްޓް ނިންމައި ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޝޯގެ ކާސްޓުން އަދި ހާމަކޮށްފައެއް ނުވެއެވެ. ޕްރޮޑަކްޝަނުން ބުނާ ގޮތުގައި ޝޯގެ ކާސްޓުން ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.