ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ: ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ވަނީ އަންގައިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އަންގައިފިއެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށާއި އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އިތުރު ހަދިޔާތައް ނުދިނުމަށް އަންގައިފައެވެ.

އޭގެ އިތުރުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާނަމަ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ވެސް ވަނީ ބުނެފައެވެ.

ސާކިއުލާގައިވަނީ ރޯދަމަސް ފެށޭއިރު ޕޭ ލީވް (ސްކޮލާޝިޕް) އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށާއި އެފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އަލުން ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭވަރު ބަލައި އެ އަދަދަށް އިނާޔަތް ދޭން ޖެހޭނެކަމަށް ފާހަގަކޮށްފައެވެ.

ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންގެ ބޯޑުން ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނަށް ރޯދަމަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ނުދިނުމަށް ވެސް އެ ސާކިއުލަގައިވެއެވެ.

https://sun.mv/202422

މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ، މިއަހަރުގެ ރޯދަ އިނާޔަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ސަރުކާރު މުވައްޒަފުންނަށް ދިނުމަށް އަންގައިފިއެވެ.

comment ކޮމެންޓް