Dhiraagu
Ooredoo

ރޯދަ އުމްރާއަށްދާ މީހުންގެ ބީއެމްއެލް ޑެބިޓްކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަން އަންގައިފި

6 ފެބްރުއަރީ 2025: ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކަމާ ގުޅޭ އިދާރާތަކަށް އަންގަަވައިފިއެވެ.

ADK GENERAl

މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

އެެހެންވެ އެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިހާރު ބީއެމްއެލަށާއި މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ލިމިޓު ހަމަޖައްސައިދޭނީ މިހާރު އޮންނަ ޑެބިޓް ކާޑު ޑޮލަރު ލިމިޓުގެ އިތުރަށެވެ.

މިހާރު ޑެބިޓް ކާޑު ލިމިޓަކީ 250 ޑޮލަރެވެ. ރައީސްގެ މި އެންގެވުމާއެކު ރޯދަމަހު އުމްރާއަށް ދާ ދިވެހީންގެ ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 1،750 ޑޮޮލަރަށް އިތުރުވާނެއެވެ. އޭގެ އިތުރުން ޓިކެޓަށް ލިބޭ 500 ޑޮލަރު ވެސް ލިބޭނެއެވެ.

އުމްރާއަށް މީހުން ދާ ދުވަސްވަރުގައާއި، ހައްޖު މޫސުމުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް އިންތިހާއަށް މަތިވެއެވެ. އެެހެންވުމާއެކު، ބޭންކް ރޭޓުގައި ޑޮލަރު ލިބުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސްކޫލު ޗުއްޓީއާއި ހައްޖު މޫސުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއާ ހަަމަށް އުފުލުނެވެ.

ކުރިއަށް އޮތް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ޓިކެޓަކަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މި މަހު ހަވަނަ ދުވަހު އިއުލާނުކުރައްވައިފައެވެ.

އެއާއެކު ރައީސް ވިދާޅުވީ, ކްރެޑިޓް ކާޑުގެ ލިމިޓްތައް 1400 ޑޮލަރަށް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑުކުރާނެ ކަމަށެވެ. އަދި، މި ކަމަކީ ގާނޫނު ތަންފީޒުވެގެންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންތައްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ގާނޫނު ތަންފީޒު ކުރުމުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުން ފުރިހަމަ އެެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މި ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ޓޫރިޒަމް އިންޓަސްޓްރީން އަދި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ އަދަދާއި ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

Redstar
comment ކޮމެންޓް

comment ދީދީ

2 month 2 week ago

މިރާއްޖޭގެ ކުންފުނިތަކަށް އިތުބާރުނުކުރެވެނީ މިހެންވާތީވެ، ބޭންކް އޮފް މޯލްޑިވްސް އިން ކަންކަން ކުރަންޖެހޭ ގޮތްވެސް ބުނަންޖެހެނީ ރައީސް އޮފީހުން. ބޭންކްގައި ފައިސާއެއް ނެތަސް ރައީސް ބުނީމައި ތަނެއް ފެލާލައިގެން ވިޔަސް އެކަންކުރަންވީ. މީތިގޯސް ބްރޯ. ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތަށް ހިންގާނެ ބޯޑަކާއި އުސޫލުތަކެއްއޮވޭދޯ، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް. މިގޮތްތަށް ކަމުނުދަންޏާމު ކުންފުނިތަކުގައި ބޮޑެތި މުސާދީފައި އެތިބަ ބޯޑުމެމްބަރުންނާއި ޗެއަރމަނުންނާއި އެމްޑީން ކަނޑާލާފައި ޕްރައިވެޓައިޒޭޝަން އޮފީސްވެސް އުވާލާ. ދެން ސަރުކާރުގެ ކޮންމެ ކުންފުންޏެއް އެކަމާއިބެހޭ ވަޒިރުގެ ބެލުމުގެ ދަށުން ހިންގާގޮތަށް ހަދާލިމައި ދެން މީހުންކިޔާކަށް އެއްޗެއް ނޯންނާނެ. އެހިސާބުން އެންމެންނަށްވެސް އެނގޭނެ މިކުންފުނިތަކަކީ ސަރުކާރުން ރައީސް އަންގަވާގޮތަކަށް ވަޒީރު ހިންގަވަތަންތަންކަން. އެހިސާބުން އެ ނިމުނީ.

comment އޮޅުންބޮޅުން

2 month 2 week ago

މުޢިއްޒު ހިންގަވަނީ ކުންފުނިތައް، ސަރުކާރު ހިންގަނީ ފަލާޙް.

comment ދދ

2 month 2 week ago

ހަމަ ވިދާޅުވި ގޮތެއް !

comment ލާމު

2 month 2 week ago

ބޭންކުން ޑޮލަރު ކްރެޑިޓް ކާޑު ދޫކުރުން ހުއްޓާލާފައި އޮތް އޮތުމަށް ޙައްލެއް ހޯއަދަވައިދެއްވާ.!

comment ދޮގު ސަރުކާރު

2 month 2 week ago

މިހާރު ބޭންކުވެސް ހިންގަނީ މުއިއްޒުތަ؟ ކިހިނެއް ދުވާ ސަރުކާރެއް މީ؟ ދޮގު ހެދޭވަރު ގިނަކަމުން މީހުން ރުހޭތޯ ކަމެއް ކޮށްލަނީ ދޯ

comment މަނީ މަނިކު

2 month 2 week ago

ބޭންކު އޮފް މޯލްޑިވްސްގެ ބޯޑު އޮފް ޑިރެކްޓަރުން ތިބުމުގެ ބޭނުމެއް ނެތްތާ ދޯ ދެން މިހާރަކު

comment މުހައްމަދު ސަމީން

2 month 2 week ago

މުއިޒު ތިހޮވުނީ 2 ވަނަ ދައުރަކަށް. ވ. ބޮޑަށް މަރުހަބާ