ކާރަކާއި ޕިކަޕެއް ޖެހި، ޑްރައިވަރުގެ މޫނަށް ބިއްލޫރި ގޮސްގެން ހޮސްޕިޓަލަށް

ހުޅުލެއަށް ދާން އޮންނަ މަގުގައި އެކްސިޑެންޓުވެފައި ---- ފޮޓޯ/އެމްވީ ކްރައިސިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ހުޅުލެއަށް ދާން އޮންނަ މަގުގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕު ޑްރައިވަރެއްގެ މޫނަށް މިއަދު ބިއްލޫރި ބުރައިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުލެއަށް ދާން އޮންނަ މަގުގައި ކާރަކާއި ޕިކަޕެެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު 13:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވި ނަމަވެސް ޕިކަޕު ދުއްވަންއިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ޗެކަޕެއް ހަދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ދެ އުޅަނދު ވެސް ދުއްވީ ލައިސަންސް އޮތް ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް، ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 53 މައްސަލައެއް ހުށަހަޅާފައި ވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް