ރިސޯޓު މެނޭޖަރަށް ހަމަލާދިން މައްސަލަ: ތިން ދުވަސް ވީއިރު މީހަކު ހައްޔަރެއް ނުކުރޭ

ޝަހީދު ހުސައިން އާދަމް ބިލްޑިން: ރިސޯޓު މެނޭޖަރަށް ހަމަލާދިން މައްސަލައަށް ތިން ދުވަސް ވީއިރު މީހަކު ހައްޔަރެއް ނުކުރޭ-- ސަން ފޮޓޯ/ ނާޢިޝް ނާހިދު

ލ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ އިސް މަގާމެއްް އަދާކުރާ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެނގިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ރިސޯޓެއްގެ މެނޭޖަރަކަށެވެ.

މި މައްސަލައާ ގުޅިގެން "ސަން"އިން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ، މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މީގެ ކުރީން ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ވަނީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި، މާރާމާރީއެއް ހިންގި މައްސަލަ ރިޕޯޓުކޮށްފައި ވާކަމަށެވެ.

https://sun.mv/202158

"ސަން"އަށް މައުލޫމާތު ދެމުން އެ ރިސޯޓުގެ މުއައްޒަފަކު ބުނީ ފަރުވާ ދިނުމަށް މެނޭޖަރު އެއަތޮޅުގެ ރީޖަނަލް ހޮސްޕިޓަލަށް އެރޭ ގެންދެވުނު ކަމަށާއި ފަރުވާއަށްފަހު ހަމަ އެރޭ ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުވައްޒަފުންތަކެއް ވެގެން މެނޭޖަރަށް ހަމަލާދީ މާރާމާރީ ހިންގާފައި ވަނީ މުވައްޒަފުންގެ ސާވިސް ޗާޖާ ބެހޭ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް