ފެރީ ޓާމިނަލްތެރޭ ކަތިވަޅިއަކުން ހަމަލާދިން މީހާ އެންމެފަހުން ކުށަށް އިއުތިރާފުވެއްޖެ

ވިލިމާލެ ފެރީ ޓާމިނަލް---ސަަން ފޮޓޯ: މުހައްމަދު އަފްރާހް

ވިލިމާލޭ ފެރީ ޓާމިނަލްގައި 2023 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ގދ. ގައްދޫ، ޖަނބުރޯޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު ކުށަށް އިއުތިރާފުވުމުން، އޭނާ ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ފުރަތަމަ މި ތުހުމަތުތަކަށް އިންކާރުކޮށް، ދިފާއުގައި ހެކި ހުށަހެޅި ނަމަވެސް، ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. މި ހުކުމް ކޮށްފައިވަނީ ގާޒީ މުޒައްމިލް ނާސިރުއެވެ. މިހާތަނަށް އޭނާ ބަންދުގައި ހޭދަކުރި ތިން އަހަރު ދުވަހުގެ މުއްދަތު ހުކުމުން އުނިކުރުމުން، ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ ހަތަރު އަހަރުގެ މުއްދަތެކެވެ.

  • މުޙައްމަދު ޝަފީޤު ވިލިމާލޭ ފެރީ ޓާމިނަލްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަން ސާބިތުވެއްޖެ.
  • ޝަރިއަތުގެ ފުރަތަމަ މަރުހަލާތަކުގައި ކުށަށް އިންކާރުކުރި ނަމަވެސް، ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައި.
  • މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ވަނީ 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި.
  • ބަންދުގައި ހޭދަކުރި 3 އަހަރު އުނިކުރުމުން، ޖަލުގައި ދެން ހޭދަކުރަންޖެހެނީ 4 އަހަރު.

މީގެ ތިން އަހަރު ކުރިން، ވިލިމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ، ތިން އަހަރު ފަހުން އެންމެ ފަހުން ކުށަށް އިއުތިރާފުވެއްޖެއެވެ.

ދެހާސްތޭވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، މެންދުރު ފަހު، ވިލިމާލޭ ފެރީ ޓާމިނަލްތެރޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އެކަކީ، މުޙައްމަދު ޝަފީޤު، ގދ.ގައްދޫ / ޖަނބުރޯޒްގަސްދޮށުގެ އެވެ.

ކުށަށް އިއުތިރާފު ވެފައިވާއިރު އޭނާ, ހަތް އަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރުއްސުރެ އޭނާ ހުރީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުންވަނީ މުޙައްމަދު ޝަފީޤުއާ ދެކޮޅަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައެވެ. އެ އަހަރު އުފުލި އެ ދައުވާއަށް މި ހިނގާ މާރިޗު މަހުތެރޭގައި، ގިނަ ދުވަސްތަކަކަށް ފަހު ޝަފީގުވަނީ ކުށަށް އިއުތިރާފުވެފައެވެ.

ކުށަށް އިއުތިރާފުވުމުގެ ކުރިން އޭނާވަނީ އެ ކުށަށް އިންކާރުކޮށް، ހާދިސާ ހިނގިވަގުތު އެތާ ނުވެސް ނެތް ކަމަށް ބުނެ، އެކަން ސާބިތު ކުރަން ޝަރިއަތަށް ހެކިވެސް ހުށަހަޅައިފައެވެ. އެހެންނަމަވެސް ފަހުން ކުށަށް އިއުތިރާފުވެ، ލުއި އަދަބަކަށް އެދުނީއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޝަފީގު ކުށަށް އިއުތިރާފުވީ މައްސަލައިގެ ހުލާސާ ބަޔާން ނެގުމުގެ މަރުހަލާއިންނެވެ.

މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ ގާޒީ މުޒައްމިލް ނާސިރުއެވެ.

އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް, މި މައްސަލައިގައި ޝަފީގު ބަންދުކޮށްފައި ހުރި ތިން އަހަރު، ހުކުމުން އުނިކުރުމުން ދެން އޭނާ ޖަލުގައި ހުންނަން ޖެހޭނީ ހަތަރު އަހަރުއެވެ.

comment ކޮމެންޓް