ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހެއްގެ ބޮލަށް ހަމަލާދީ، މާރާމާރީ ހިންގައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން: ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހެއްގެ ބޮލަށް ހަމަލާދީ، މާރާމާރީ ހިންގައިފި -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްް އަދާކުރާ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލ އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި، މާރާމާރީއެއް ހިންގި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް