މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓުން ޗައިނާއަށް މަސް އެކްސްޕޯޓުކުރުމަށް މަޝްވަރާކޮށްފި

ފިޝަރީޒް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގެ ތެރެއިން: މޯލްޑިވިއަންގެ ވައިޑް ބޮޑީގެ އުދުހުންތަކާއެކު ޗައިނާއަށް ދިވެހި މަސް އެކްސްޕޯޓުކުރުމާގުޅޭ މަޝްވަރާތައް އަންނަނީ ކުރެވެމުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭއާބަސް އޭ-330ގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު ކަޅުބިލަމަހުގެ ބާވަތްތައް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރުމާގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި މިފްކޯއާއި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަދި މޯލްޑިވިއަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުން ޗައިނާއަށް ދަތުރުތައް ފަށާފައިވާއިރު، ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މިކަމުގެ ސަބަބުން ލިބެން ހުރި ފާއިދާތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން، މިފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މި ސިނާއަތުގެ ސަޕްލަޔަރުންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަޅުބިލަމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރުމާގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގެ ތެރެއިން: މޯލްޑިވިއަންގެ ވައިޑް ބޮޑީގެ އުދުހުންތަކާއެކު ޗައިނާއަށް ދިވެހި މަސް އެކްސްޕޯޓުކުރުމާގުޅޭ މަޝްވަރާތައް އަންނަނީ ކުރެވެމުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މޯލްޑިވިއަންއިން މިދިޔަ ޖަނަވަރީމަހު އަލަށް ގެނައި އެއާބަސް އޭ-330 މަރުކާގެ ބޯޓުން ޗައިނާއަށް ސީދާ ދަތުރުތައް މިހާރު ވަނީ ފަށައިފައެވެ. މި ބޯޓުގައި ޖުމްލަ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.

https://sun.mv/201711

ރާއްޖޭގެ އެކިއެކި ސިނާއަތްތަކަށް މޯލްޑިވިއަންގެ ދުރު ރާސްތާ ދަތުރުތަކުގެ ސަބަބުން މަންފާ ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، ޔޫރަޕަށްވެސް ދަތުރު ފެށުމަކީ މޯލްޑިވިއަންގެ އަމާޒެކެވެ.

comment ކޮމެންޓް