ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދިނުމުން ގައްދޫގައި ބިދޭސީ ޓީޗަރުން ނުއަގުގައި ޓިއުޝަންދޭ މައްސަލަ ހައްލުވެއްްޖެ

ގދ. ގައްދޫ: ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއެކު، ގައްދޫގައި ބިދޭސީ ޓީޗަރުން ނުއަގުގައި ޓިއުޝަން ނަގާ މައްސަލަ ހައްލުވެއްްޖެ ----

ގދ. ގައްދޫގައި ބިދޭސީ ޓީޗަރުންތަކެއް ބޮޑު އަގުގައި ޓިއުޝަން ދޭ މައްސަލަ ބޮޑުވެ، އެކަމުގައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިން ހިސާބުން މައްސަލަ ހައްލުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

މިދިޔަ މަހުގެ 23ގައި އެ ކައުންސިލުން ވަނީ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ބޮޑު އަގުގައި ޓިއުޝަންދޭ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނާތީ އެ ކަމަށް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

https://sun.mv/201712

އެ މައްސަލާގައި މިއަދު 'ސަން' އިން ސުވާލުކުރުމުން ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަހުމަދު ވިދާޅުވީ، އެކަމުގެ ޝަކުވާތައް ލިބޭތީ ސުކޫލްގެ ޕްރިންސިޕަލާ އެއްކޮށް ކައުންސިލުން ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެގޮތުން، އެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ފިޔަވަޅު އަޅަން ނިންމައި، އެކަން އިއުލާނުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު ފިޔަވަޅު އަޅާނެކަން އިއުލާނުކުރި ފަހުން އެއްވެސް ޝަކުވާއެއް ކައުންސިލަށް ނުލިބޭ ކަމަށާއި އެ މައްސަލަ ހައްލުވެފައިވާކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން އެ ކައުންސިލްގެ މެންބަރު އަހުމަދު ޝަމާހު ވަނީ ބިދޭސީ ޓީޗަރުންތައް މާއްދާއަކަށް 800 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ އަގުތަކެއް ނަގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އާންމުކޮށް ޓިއުޝަން ނަގައިދޭ ޓީޗަރުން މާއްދާއެއް ކިޔަވައިދެނީ މަހަކަށް 300 ނުވަތަ 400 ރުފިޔާއާ ދެމެދުގެ އަގެއްގައިކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް