އިސްކަންދަރު ވޯކާސް ޔޫނިއަން ބަލައިނުގަންނާނެ، ޕްރިންސިޕަލް އަމަލުކުރީ މިނިސްޓްރީގެ އިރުޝާދަށް: ޝަފީޢު

އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން ފާހަގަކުރުމުގެ ތެރެއިން އެ ސްކޫލުގެ ބައެއް މުދައްރިސުން: އިސްކަންދަރު ވޯކާސް ޔޫނިއަންގެ ނަމުގައި އުފައްދައިފައިވާ ޔޫނިއަންގެ މައްސަލަ ރަޖިސްޓްރާއަށް ހުށަހަޅައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ: ޝާތިއު އަބްދުالله

އިސްކަންދަރު ސްކޫލުގެ މުދައްރިސުން "އިސްކަންދަރު ވޯކާސް ޔޫނިއަން"ގެ ނަމުގައި އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް އެންގެވީ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރުގެ ސުވާލަކަށް ޖަވާބުދެއްވަމުން ޝަފީޢު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީކުރުމާބެހޭ ގަވައިދުގައިވާ ގޮތުން ޔޫނިއަންގެ ނަމުގައި ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް، ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނެ ފަދަ ނަމެއް ޔޫނިއަކަށް ނުކިޔޭނެ ކަމަށެވެ.

އާންމު އިދާރާތަކާއި ކުންފުނިތަކާ ޚިލާފަށް ސްކޫލުތަކަކީ ޚާއްސަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށާއި، ސްކޫލުތަކަކީ އެތައް ބައެއްގެ އިހުސާސްތަކަކާ ގުޅިފައިވާ ތަންތަން ކަމަށް، ޝަފީޢު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު, މެންބަރުގެ ސުވާލަށް މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭނާ ވިދާޅުވިގޮތުގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބޭރު ގައުމުތަކުގައި ޔޫނިއަންތައް އުފައްދައިފައިވަނީ ގައުމީ ފެންވަރުގައި، ނުވަތަ އެ ސަރަހައްދަކަށް ނިސްބަތްކޮށެވެ.

ޝަފީޢު ވިދާޅުވީ، ސްކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ޔޫނިއަންތައް އުފެއްދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެ ރަޖިސްޓްރީކުރެވިފައި އޮތީ އެންމެ ރަނގަޅު ގޮތަކަށް ކަމަށް އަޅުގަނޑުމެން ނުދެކެން، އެ މައްސަލަ މިހާރު އަޅުގަނޑުމެން ވާނީ ޔޫނިއަންގެ ރަޖިސްޓްރާއަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން، ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވައިފައިވާ އިރުޝާދާ އެއްގޮތަށް،" ޝަފީޢު ވިދާޅުވިއެވެ.

ސްކޫލުތަކުގައި މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޝަފީޢު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ހާމަކުރެއްވި ގޮތުގައި، އިސްކަންދަރު ސްކޫލުގެ މުދައްރިސުން އުފެއްދި "އިސްކަންދަރު ވޯކާސް ޔޫނިއަން" ބަލައިނުގަތުމަށާއި އެ ޔޫނިއަންގެ ހަރަކާތްތައް ނުހިންގުމަށް ސްކޫލުގެ ޕްރިންސިޕަލް އެންގެވީ މިނިސްޓްރީގެ ސީދާ އިރުޝާދުގެ ދަށުންނެވެ. މިކަން އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޔޫނިއަން ރަޖިސްޓްރީކުރުމުގެ ގަވައިދު ބުނާގޮތުން، ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަން، އަދި އޮޅުންއަރާ ފަދަ ނަމެއް ޔޫނިއަނަކަށް ނުކިޔޭނެއެވެ. އެހެންކަމުން، މި ޔޫނިއަން ރަޖިސްޓްރީކޮށްފައިވަނީ ގަވައިދާ ޚިލާފަށް ކަމަށް ބަލައި، އެ މައްސަލަ ޔޫނިއަންގެ ރަޖިސްޓްރާއަށް ހުށަހެޅުމަށް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

  • އިސްކަންދަރު ވޯކާސް ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލުގައި ކުރިއަށް ނުގެންދެވޭނެއެވެ.
  • ސްކޫލުގެ ޕްރިންސިޕަލް އަމަލުކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީން ދެއްވި އިރުޝާދާ އެއްގޮތަށެވެ.
  • ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް ބޭނުންކޮށްގެން ޔޫނިއަން ނެހެދޭނެކަމަށް ގަވައިދުގައި ކަނޑައަޅާފައިވެއެވެ.
  • މައްސަލަ ހައްލުކުރުމަށްޓަކައި ޔޫނިއަންގެ ރަޖިސްޓްރާއަށް ހުށަހެޅުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
  • މުދައްރިސުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭނީ ގައުމީ ނުވަތަ ސަރަހައްދީ ފެންވަރުގައެވެ.
comment ކޮމެންޓް