ހުޅުމާލެ ފޭސް އެކަކުން ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ޒުވާނަކު ހާޒިރުކުރުމަށް އިއުލާނުކޮށްފިއެވެ.
އެ މައްސަލައިގައި ހާޒިރުވާން އިއުލާނުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ޙުސައިން ޢަބްދުލްމަޖީދު، މާލޭ ދަފުތަރު ނަންބަރު ރސ 3678އެވެ.
އޭނާ ހާޒިރުކުރަން އިއުލާނުކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ފެބްރުއަރީ 12، 2025ވަނަ ދުވަހުގެ 10:00އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވައްކަމުގެ މައްސަލަތައް މިފަހުން ވަނީ ގިނަ އަދަދަކަށް ފެންމަތިވެފައެވެ. އެފަދަ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާ މީހުންގެ އަދަދު އިތުރެވެ.
އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު އެކަނި ވެސް ވައްކަމުގެ 273 މައްސަލައެއް ޕޮލިހަށް ހުށަހަޅާފައި ވެއެވެ.