ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން މިއަދު އާންމުންގެ އެހީއަށް އެދެފިއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޑިސެންބަރު 27، 2024ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދުމަށް އިއުލާންކޮށް އޭނާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
ފުލުހުން ވަނީ މި މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ސައްހަ ނޫން ޓްރާންސްފާ ސްލިޕްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން އަންނަނީ ސްކޭމްތަކާގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.