މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން މިއަދު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ވަނީ އޭނާ ކުންފުނީގެ އެމްޑީގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަކިކޮށްފައި ވާކަމަށެވެ. އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ވަޖީހު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު 28ގައެވެ.
މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް ފައިސަލް ވެސް މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުން ވަނީ ވަކި ސަބަބެއް ނާންގާ ވަކިކޮށްފައެވެ. ފައިސަލް އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ.
ވަޖީހާ އަބްދުއްރަހީމާ ވެސް ގާތް ގުޅުމެއް އޮވެއެވެ.
އަބްދުއްރަޙީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންއިރު އެންމެ އަރިސް ބޭފުޅާއެވެ. ފުރަތަމަ ހުންނެވީ ރައީސްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. ޗީފް މިނިސްޓަރުގެ މަގާމުގައެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އެމަނިކުފާނަށް ދެއްވީ ޚުދު ރައީސް ބޭނުންފުޅުވެގެންނެވެ.
ނަމަވެސް މިހާރު ރައީސާއި އަބްދުއްރަހީމުގެ ގުޅުން ގޯސްވެފައި ވާކަމަށް އެމަނިކުފާނު ވަނީ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެއްބަސްވެ ވަޑައިގެންފައެވެ.
ރައީސާއި އަބްދުއްރަޙީމްގެ ގުޅުން ފެށުނީ ޕީއެންސީ ސެނެޓުގައި ބޭއްވި ޕްރައިމަރީއާ ހަމައިންނެވެ. އެ ޕްރައިމަރީ ކާމިޔާބުކޮށް، އޭރު މާލޭ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަކީ ސިޔާސީ ހަޔާތުގެ އެންމެ ކާމިޔާބު، އެންމެ ބުރަ، މަސައްކަތުގެ ގޮތުގައި އަބްދުއްރަޙީމް އޭރު ވިދާޅުވިއެވެ.
comment ޖަނާބު
1 month 6 day ago
ސާބަސް މުއިއްޒުއަށް ނާގާބިލު މީހުން ބޭރު ކުރަން ކެރެން ވާނެ. އެމްޕީއެލް އާއީ ރީޖިނަލް ޕޯޓްތަށް ދެން ރަގަޅުވެދާނެ. ވެހިކަލް ގަރާޖަކަށް ހެދި ތަނެއްވެސް މި ބުރާންތި ބޯޓްޔާޑްއަކަށް ހަދައިގެން މާ މޮޅޮ މީހެއްކަން ދަށްކަންވެގެން.
comment ހސނ
1 month 7 day ago
މުއިއްޒުއަކީ ކުޑައިރު ކިޔެވުމަށް ވަރަށް ރަނގަޅު ކުއްޖެއް. މާޝާ ﷲ. ނަމަވެސް ގައުމުގެ ރައީސަކަށް ކަމަކު ނުދޭ. ހީވަނީ އަބަދު ދިޔަވަރު ކުޑަވެ ބޮޑުވާހެން. ކޮންސިސްޓެންސީއެއް ނެތް. އިއްޒަތާ އެކު ވަޒީފާ ދޭ މީހުން ހަމަކުއްލިއަކަށް ވަކިކުރުމުން ދޭހަ ވަނީ މިކަން. އެމީހުންގެ ނާގާބިލު ކަމަށްވުރެ، މުއިއްޒު ވެރިކަންކުރަން އެކަށީގެންނުވާހެން ހީވަނީ.
comment އިބްރާހީމް
1 month 7 day ago
ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ. މަޤާމު ލިބުމުން، ހިތް ހުރީ "އާސްމާނުގައެވެ." ކަންކަން ކުރަމުން ދިޔައީ އެ މަޤާމު ގެއްލިދާނެ ކަމަކަށް ޚިޔާލަށް ވެސް ގެނެސްގެނެއް ނޫނެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ހިތުހުރި ގޮތަކަށް މުހުތާދުތައް ފުއްދަމުން ދިޔަ ވާހަކަ، ވަރަށް ގިނަ މަންސަތަކުން ކިޔާ އަދި އަޑުއެހީމެވެ. ހިތާމަހުއްޓެވެ. ކޮންމެއަކަސް، މަޤާމު ގެއްލިއްޖެއެވެ. އަދި ގެއްލުނީ ވެސް ވަރަށް "ހަޑިކޮށެވެ". "ކަނޑާލީއެވެ". ވަޖީހުގެ ޕްރޮފައިލް ވަރަށް ހުތުރުވީ އެވެ. ދެން އެކަމަކަށް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. ދެންވެސް ވިސްނާ، ތިބާއަށް ކުރެވުނު ގޯސްކަންކަމާ މެދު (ކުށެއް ވާނަމަ) ﷲއަށް ތަޢުބާވެ އިޞްލާޙު ވާށެވެ. މި ބިންމަތީގައި ދާއިމަށް ދިރިއުޅެވޭނެ ކަމަށް ހީނުކުރާށެވެ. އާޚިރަތަށްޓަކައި ތައްޔާރު ވާށެވެ. ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެއެވެ. އެ ކުށަށް ތައުބާށެވެ. ﷲއީ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ފާފަފުއްސަވާ އިލާހެވެ.
comment ނަސީ
1 month 7 day ago
ވަޖީހު އަކީ ވަރުގަދަ ޝަހުސިއްޔަތެއް.
comment ދިލްސާ
1 month 1 week ago
ވަޖީހުއައް އެމަޤާމް ލިބުނުހިސާބުން ވަރައްފޮނި ކިބުރުވެރި ފޮނިމީހެއްގޮތުގަ ފާހަގަވީ ހުރިހާކަމެއްރޭވިގެން އަންނަނީ ޖަގިޔާނާޒިމްގެ ލަފާމަތިން މަޖިލީހުގެ ރައީސްކަންވެސްގެއްލޭނެ
reply ސަރަނގު
1 month 7 day ago
ވަރަށް ތެދުވާހަކައެއް. ފޮނިކަމާ ކިބުރުވެރިކަމުގެ އަރާހުރި މީހެއް. ތަނެއްދޮރެއް އުޑެއްބުޑެއް ނުދަންނަމީހުންނަށް އެފަދަ މަޤާމުތައް ލިބުނީމަ ވާނީވެސް އެހެން. މިއަދު އެއޮތީ ރާކަނިމަސް ކެވިފަ
comment ބޯގޯސް
1 month 1 week ago
ދަރިފުޅު ބޭރުކުރީ ޅިޔަނު ބޭރުކުރީ ދެން ކާކުބާ؟!
comment އަލީމު
1 month 1 week ago
ގާތް ގުޅުމެއް އެކަންޏެއްނޫން. ތިއީ ދެބަފައިން. ދެން ގާތްވާނީ ތިހާކަށްވަރަށް. އެނގިގެން ޚަބަރު ލިޔަންޏާ ލިޔެބަލަ ނޫނީ ނުލިޔެބަލަ. ނުކެރެނީތަ. ބުނެބަލަ.
comment މަލީޙު
1 month 1 week ago
އަލްޙަމްދުﷲ!