މިއަހަރު މަސްދޯނިތަަކަށް 80 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވޭނެ: ޝިޔާމް

ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން މިއަހަރު 80 ޑަިވަރުން ތަމްރީނުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފުތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ހަރަކާތުގައެވެ.

ވަޒީރު ވިދާޅުވީ، މިނިސްޓްރީން އިސް ނަގައިގެން ރާއްޖޭގެ މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

އަދި މި އަހަރު އިތުރު 80 ޑައިވަރުން ތަމްރީނުކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކަށް މަދުވެގެން އެއް ރެސްކިއު ޑައިވަރު ތަމްރީނުކުރުމަށް ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ނިންމާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ ނިމިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

https://sun.mv/189124

އެ ޕްރޮގްރާމުގެ ދަށުން ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީނުކޮށްފަ ވާއިރު އޭގެތެރޭގައި ހިމެނެނީ:

  • ގދ. މަޑަވެލިން: 08
  • ގއ. ކޮލަމާފުށިން: 05
  • ގއ. ވިލިނގިލިން: 14
  • ގއ. ދެއްވަދޫއިން: 07
  • ގއ. ނިލަންދޫއިން: 04
  • ގއ. ދާންދޫއިން: 07
  • ސ. މަރަދޫއިން: 11

މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފަށަން ނިންމަވައިފައި އޮތް ކަމެކެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ވެސް ރެސްކިއު ފެންވަރުގެ ޑައިވަރެއް ހުރުންކަމަށް މިނިސްޓަރު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް