އިތުރު 100 ހައުސިން ޔުނިޓާއެކު، އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅައިދޭނަން: ރައީސް

ރައީސް މުއިއްޒު އިހަވަންދޫއަށް ވަޑައިގަތުން: އެރަށުގައި 200 ހައުސިން ޔުނިޓު އަޅުއްވައިދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި ---- ފޮޓޯ/ ރައީސް އޮފީސް

ހއ. އިހަވަންދޫގައި މިވަގުތަށް 200 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ، އެރަށުގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިޔުން މުހިންމު ކަމަށެވެ.

އިހަވަންދޫގައި ގާއިމުކުރަަން ނިންމައި، އިއުލާނުކޮށްފައި އޮތީ 100 ހައުސިން ޔުނިޓު ކަމަށްވިޔަސް، 200 ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިހަވަންދޫ ރައްޔިތުންނާ ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

[200 ހައުސިން ޔުނިޓު] ދެން އެއީ ފުރަތަަމަ މިވަގުތަށް. ކުރިއަށް އޮތް ތާގައި ރަށުގެ ހިންގޭނެ ތަރައްގީގެ މަޝްރޫއުތަކާ އެކުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ތިބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ދިޔުން.

މިއަހަރަށް ފާސްކުރީ ގެދޮރުވެރިކަމުގެ ބަޖެޓެއް\ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، އެކި ރަށްރަށަށް ރައީސް މުއިއްޒު ވެވަޑައިގެން ވައުދުފުޅުތަކުގެ ތެރޭގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހިމެނޭއިރު، މިއަހަރުގެ ބަޖެޓުގައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިހަވަންދޫ ރައްޔިތުންނާ އެމަނިކުފާނު ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

މިގޮތުން، ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ދެ ބިލިއަން ރުފިޔާ އާއި ހަތަރު ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ފޯރުކޮށްދިނުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މިއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިހާތަނަށް އެކުލަވާލާ އެންމެ ބޮޑު ބަޖެޓެވެ.

https://sun.mv/198590

ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10ގައި ބަޔާންކުރާ ހަމަތަކުގެ މަތީންކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް