ޑީސީގެ ގްރީން ލެންޓާން ޝޫޓިން ފަށައިފި

ޑިސީ ކޮމިކްގެ އެންމެ މަގުބޫލު އެއް ކެރެކްޓަރު ކަމަށްވާ "ގްރީން ލެންޓާން" ރީބޫޓް ކޮށް ޝޯއެއްގެ ގޮތުގައި ނެރުމަށް ޝޫޓިން ފަށައިފިއެވެ.

މަޝްހޫރު ތަރި ރާޔަން ރޭނަލްޑްސް އާއި ބްލޭކް ލައިވްލީ ލީޑުގައި ހިމަނައި ފުރަތަމަ ފަހަރަށް ގްރީން ލެންޓާންގެ ފިލްމެއް ނެރުނީ 2011 ވަނަ އަހަރެވެ. ނަމަވެސް ކޮމިކް އާ ކެރެކްޓަރާ އެއްވެސް ވަރަކަށް އެއްގޮތް ނުވުމުން ގިނަ ބަޔަކަށް ފިލްމު ކަމަކު ނުދިޔައެވެ. އެއާއެކު ފިލްމުވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ.

ޑީސީގެ ރައިޓްސް އޮތް ވޯނާ ބްރޮސްއިން މިހާރު މަސައްކަތް ފަށާފައިވަނީ ގްރީން ލެންޓާން ކެރެކްޓަރު އަލުން ރީބޫޓް ކުރާށެވެ. މި ފަހަރު ކެރެކްޓަރު ނެރޭނީ ޝޯއެއްގެ ގޮތުގައެވެ. އަދި މި ޝޯއަށް ކިޔާނީ "ލެންޓާންސް"އެވެ. އެއާއެކު މިފަހަރު ގްރީން ލެންޓާންގެ ގިނަ ކެރެކްޓަރުތަކެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ވޯނާ ބްރޮސްއިން ވަނީ ބުނެފައެވެ.

ލެންޓާންސް ޝޯގެ ސްކްރީން ޓެސްޓިން އާއެކު ޝޯގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ. މި ޝޯގައި ލީޑް ލެންޓާންގެ ރޯލު ޖޯން ސްޓުވާޓްގެ ރޯލުން ފެނިގެންދާނީ މި ވަގުތު އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާ އެއް ތަރި ކަމަށްވާ އެރަން ޕިއާއެވެ. އަދި އޭގެ އިތުރުން ކައިލް ޗެންޑްލާ އާއި ޕޫރުނާ ޖަގަންނާތު އަދި ކެލީ މެކްޑޮނާލްޑް ފަދަ އެކްޓަރުން މި ޝޯއިން ފެނިގެންދާނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ޝޯއަކީއަށް އެޕިސޯޑްގެ ޝޯއެކެވެ. އަދި އަންނަ އަހަރުގެ މެދު ތެރޭގައި ވޯނާ ބްރޮސްގެ ސްޓްރީމިން ސާވިސް އެޗްބީއޯ މެކްސްއިން މި ޝޯ ދައްކަން ފަށާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް