Ooredoo
Ooredoo

ތަޣައްޔަރުވެފައި އޮތް ސިޔާސީ މަސްރަހު ސާފުކޮށް، ޑިމޮކްރެޓްސް ވަރުގަދަކުރާނަން: އިންތި

ޑިމޮކްރެޓްސްގެ އާ ރައީސް ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ -- ފޮޓޯ: ޑިމޮކްރެޓްސް

ހެޔޮ ވެެރިކަމެއް ކުރެވޭނީ ވެސް މިހާރު ތަޣައްޔަރުވެފައި އޮތް ރާއްޖޭގެ ސިޔާސީ މަސްރަހު ސާފުކޮށްގެންކަމަށާއި، ކުރިއަށް ތަނުގައި ދަ ޑިމޮކްރެޓްސްގެ މަސައްކަތް ބައްޓަންކުރާނީ ސިޔާސީ މަސްރަހު ސާފުކޮށް، އެ ޕާޓީއަށް ތާއީދު ހޯދައި ވަރުގަދަކުރަން ކަމަށް ދަ ޑިމޮކްރެޓްސްގެ އާ ރައީސް ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ މިރޭ ވިދާޅުވެއްޖެއެވެ.

ADK GENERAl

ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އާންމު މެންބަރުންނާ ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ދެމިތިބެންވާނީ މިހާރު އެ ޕާޓީ ބިނާވެފައިވާ ބިންގަލުގެ މަތީގައި ކަމަށެވެ. އާ ލީޑާޝިޕުން މަސައްކަތްކުރާނީ އެ ބިންގަލުގެ މަތީ، ރައްޔިތުންގެ ތާއީދާއި މަގުބޫލުކަން ހޯދައި އިތުރުކުރުމަށް ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އަދި މިއަދު ކުރަންވެފައި އޮތް މަސައްކަތަކީ ތަޣައްޔަރުވެފައި އޮތް ރާއްޖޭގެ ސިޔާސީ މަސްރަހު ސާފުކުރުން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"ތަޣައްޔަރު ވެފައި އޮތް ސިޔާސީ ކްލައިމެޓެއްގައި މިވަގުތުގައި އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ހަގީގަތުގައި ވެސް ބޭނުންވާނީ މީހުން އިތުބާރުކުރާ ސާފު ޕާޓީއެއް. އެ ސާފު ޕާޓީއަށް ނޫނިއްޔާ މި ރާއްޖޭގައި ތަޣައްޔަރުވެފައިވާ ސިޔާސީ ކްލައިމެޓް ސާފެއް ވެސް ނުކުރެވޭނެ،" އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަޣައްޔަރުވެފައި އޮތް ސިޔާސީ މަސްރަހު ސާފުކުރުމުގެ މަސައްކަތް މިއަދު އަދި އެ ޕާޓީއަށް ނުކުރެވުނެއް ކަމަކު، "މިއަދުވެސް، މާދަމާ ވެސް، އޭގެ ފަހުން ވެސް މަސައްކަތްކުރާނީ އެ މަގަށް" ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މަގަށް ގޮސް ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ، އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހަޅާ ސިޓީ އުރައެއްގައި ދޭ ފައިސާ ފޮއްޗަކަށެއް ނޫން، އަޅުގަނޑުމެން ވެރިކަމަކަށް އައުމަށް ނުޙައްގު ގޮތުގައި ބަހައި ވަޒީފާ ތަކަކަށް ނޫން ތާއީދު ހޯދަންވީކީއެއް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޑިމޮކްރެޓްސްއަށް ތާއީދު ހޯދަންވާނީ އެ ޕާޓީގެ ހަރުދަނާ ސިޔާސަތުތައް ވިއްކައިގެން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތުން ރައްޔިތުންގެ އިތުބާރު ހޯދައިގެން ކަމަށް އިންތި ވިދާޅުވިއެވެ.

https://sun.mv/201854

މީގެ އިތުރުން އިންތިވަނީ ޑިމޮކްރެޓްސްގައި ހުންނަވާއިރު ލިބޭ އެއް ހިތްހަމަޖެހުމަކީ، އެ ޕާޓީއަކީ އެއްވެސް މިންވަރަކަށް ވަގުފޯމެއް ހުށަަހަޅައިގެން މެންބަރަކު މިހާތަނަށް ވެސް ވަދެފައިވާ ޕާޓީއަކަށް ނުވުން ކަމަށެވެ.

މިރޭވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފައެވެ. 34 މެންބަރުން ބައިވެރިވި މި ޖަލްސާގައި މިރޭވަނީ ރައީސްކަމުގެ މަގާމަށް 34 ވޯޓުން އިންތި ހޮވައި ހޮވައި، އެ ކަން އިއުލާނުކޮށްފައެވެ. އަދި ނައިބު ރައީސަކަށް ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ)ވަނީ ހޮވައިފައެވެ.

ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް މި ފަހުން ވަރަށް މަދުވެފައި އޮތް އިރު މި ފަހުން އެ ޕާޓީ އުފައްދަން އިސްކޮށް އުޅުނު، ބައެއް މެންބަރުން ޕާޓީންވަނީ ވަކިވެފައެވެ.

ހަރަކާތްތައް މަދުވެފައި އޮތްއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އެ ޕާޓީން ބޮނޑިބަތް ޕާކުގައި ޖަލްސާތަކެއް ބާއްވައި އަޑުއުފުލައިފައިވެއެވެ.

Redstar
comment ކޮމެންޓް

comment ލލ

2 month 17 hour ago

ކަލޭމެން އެމްޑީޕީގައި ތިބެގެން ދައުލަތް ލޫޓުވާލައިގެން ހުޅުމާލެއިން ގޯތި ހޯދައިގެން ވިޔަފާރި ކުރަނީ ކޮންތާކުން ހޯދިފައިސާތޯ، އެކަން މަތިޖަހަން ދެގުރޫޕް ހަދައިގެން ރައްޔިތުންނަށް އޮޅުވާލަނީ، ކަލޭމެން ތީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ޗޯރުން !

comment އަލިބެ...

2 month 18 hour ago

ރައީސް ނަޝީދަކަށް ދެން މިރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ! ވަރައްސާފުބަހުން މިދެންނެވީ. އެމް.ޑީ.ޕީ އަލުން ވެރިކަމަށް އަންނާނެ. އެހެންނަމަވެސް ތިޔަ ބައިގަޑަށް ނާދެވޭނެ!

comment މުހައްމަދު

2 month 18 hour ago

ރާއްޖޭގެ ރައްޔިތުންގެ އަބުރު ކަތިލައި، ބަޖެޓްގަސްދޮށުގެއޭ ކިޔައިގެން އުޅެފައި ސަރުކާރެއް ލިބުމުން ޔުޓިލިޓީއޭ ކިޔައިގެން ކުންފުނި ހަދައި ލިޔަންކިޔަން ނުދަންނަ ކައުންސިލަރުން އައްޔަންކޮށްފައި، ރައްޔިތުންގެ މަޖިލީހުގައި ބޫންބޫން ލާފައި މެންބަރުން ގަނެގެން އުޅުނު ބަޔަކު ސިޔާސީ މަސްރަޙް ތަޣައްޔަރުވެއްޖެއޭ ކިޔައިގެން މިދައްކާ ވާހަކަ އަޑުއިވުނީ ލަޢްނަތްލައްވާފައި ހުރި ކަލޭގެވެސް ހޭނެ. އަނެއްކާ އަނެއް ދޮގު ހަދަން ފެށީ.

comment ވާނުވާ

2 month 20 hour ago

ކަލެއަށް އެނގޭނީ މޮޅެތި ވާހަކަ ދައްކަން..... ތީ އެއްކަމެއްވެސް ވާ ބައެއް ނޫން ޑރ. މުއިއްޒު ގައުމަށް ދިރުން ގެނެސްދޭތަން ފެންނަމުން ދާތީ ހަޖަމް ނުވެގެން މިއޮށްގެން ތެޅި ބާލަނީ މި ލާދީނީ ބައިގަނޑު... ﷲ އިރާދަފުޅާއި މިންވަރުފުޅުން މި ފަސް އަހަރު ވެގެންދާނީ ދިވެހިރައްޔިތުން ނަށް އުފާފާގަތިކަމާއި ހިނިތުންވުން ގެނެސްދޭނެ ފަސް އަހަރަށް....އިންޝާﷲ

comment 1206

2 month 21 hour ago

ތަޣައްޔަރު ކުރީ ވެސް ހަމަ ތިޔަ ހަޑިމުޑުދާރު އަތްތަކުން ކަލޭމެންނަށް ދެން މި ގައުމުގައި މާތް ﷲ ގެ އިރާދަފުޅާއި ވާގިފުޅުން ވެރިކަމުގައި ބީހިވެސް ނުލެވޭނެ. ތިޔައީ މި ގައުމުގައި ލާދީނިއްޔަތާއި ހުޅަނގުގެ ވަހުޝިއްޔަތު މި ގައުމުގައި ފަތުރަން ފޫގަޅައިގެން ޝައިޠާނިއްޔަ ބައިގަނޑެއް. ދިވެހިންނޭ ދިވެހިންނޭ ހޭލައި ސަމާލުވެ ތިބޭ. އެ ވެރިން ފޫގަޅަނީ މީގެ 18 އަހަރު ފަހުން ނުވަތަ 10 ވަރަކަށް އަހަރު ފަހުން ވޯޓު ފޮއްޓާއި ހަމަޔަށް އަންނާން ތިބި ޖީލުގެ ސިކުނޑި ދޮވެލަން. މި ގައުމުގައި މާޒީ ހިނގައިދިޔަ ގޮތް ސާފު ބަހުން އެ ޖީލަށް ކިޔައިދީ އެ ކުދިންގެ ސިކުނޑިތަކުގައި ހެއްކާއި ދާލީލާއެކު ބިންވަޅުކަނޑައި ނެގުން މުހިންމު. އެހެންނާ 2008 2012 އަލުން މި ފަަސްގަނޑު ގައި ތަކުރާރު ވެދާނެ.

comment ސލހ

2 month 24 hour ago

ސިޔާސީ މަސްރަހް ތަޣައްޔަރު ކުރީ ވެސް ކަލޭމެން. އެހެން ވީމާ ސާފު ކުރަން ޖެހޭނީ ވެސް ކަލޭމެން.