އައްޑޫ، މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާން ނިއްވައިލައިފި

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ އަނދަނީ -- ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑެންގެ ބޮޑު ސަރަހައްދެއްގައި މިއަދު ހަވީރުއްސުރެ ރޯވެ އަނދަމުން އައި އަލިފާންގަނޑު ނިއްވައިލައިިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ތަނުގައި އަލިފާން ރޯވެގެން ފަޔާ ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އައްޑޫ ސިޓީ ކައުންސިލްގެ، މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޞާލިހާ ވިދާޅުވީ މި ހާދިސާ ހިނގީ މިއަދު ހަވީރު، އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

އެއާއެކު އެމްއެންޑީއެފުން މިރޭ ބުނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނަށް އެ ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 17:30 ހާއިރު ލިބުމާއެކު، ކުރި މަސައްކަތުން އަލިފާން މިރޭ 20:40 ހާއިރު ނިއްވައިލެވިފައިވާ ކަމަށެވެ.

https://sun.mv/201802

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކައުންސިލަރު ޞާލިހާ ވިދާޅުވީ މީގެ ކުރިން ވެސް އެ ތަނުގައި އަލިފާނުގެ ހާދިސާތައް ހިނގައިފައިހުރި ކަމަށެވެ. އެގޮތުން ބައެއް ފަހަރު އަމިއްލައަށް ރޯވެ ހާދިސާތައް ހިނގައިފައިހުރިއިރު، ގަސްދުގައި ވެސް މީހުން ރޯކޮށްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

"މިތާ އޮޅުދަނޑުތަކާއި، އަނެއްހެން ދަނޑުވެރިކަމުގައި، އެ ސަރަހައްދާ ކައިރީގައި އުޅޭ މީހުން ވެސް ދޭތެރެ ދޭތެރެއިން އެ މީހުންގެ ދަނޑުތަކުގައި ރޯކޮށްލައިފައި ދިޔައިމާ، އެއް ސަރަހައްދެއްގައި އޮންނަ ތަނެއް ވީމާ އެއްކޮށް އެބަ [އަލިފާން] ހިފައިލާ،" ޞާލިހާ ވިދާޅުވިއެވެ.

ނަމަވެސް މި ހާދިސާ ހިނގައިދިޔަ ސީދާ ސަބަބު އަދި ނޭނގޭކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް