ފުލުހުން ޓޯކޮށްފައިހުރި އުޅަނދުތަކުގެ ތެރެއިން 446 އުޅަނދު ނައްތައިލައިފި

ޓޯޔާޑުގައި ނުގެންގޮސް ހުރި ވެހިކަލްތައް ނައްތައިލަނީ -- ފޮޓޯ: ފުލުހުން

އެކި ސަބަބުތަކާ ހެދި ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ޖުމްލަ 446 އުޅަނދު މިއަދު ނައްތައިލައިފިއެވެ.

ނުގަވައިދުން ދުއްވުމުގެ މައްސަލަތަކާއި، އެހެނިހެން މައްސަލަތަކުގައި ފުލުހުންގެ ޓޯޔާޑަށް އެތައް ވެހިކަލެއް ޓޯކުރެއެވެ.

އެއާއެކު ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދާ އެއްގޮތަށް މިއަދު ނައްތައިލައިފައިވާ ކަމަށެވެ.

ޓޯޔާޑުގައި ނުގެންގޮސް ހުރި ވެހިކަލްތައް ނައްތައިލަނީ -- ފޮޓޯ: ފުލުހުން

އޭގެ ތެރޭ ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި ހަތަރު ފުރޮޅުލީ 40 އުޅަނދާއި 28 ބައިސްކަލުކަމަށް ފުލުހުން ބުންޏެވެ.

ޓޯޔާޑަށް ވެހިކަލް ގެންދިއުމާއެކު ވަކި މުއްދަތެއް އެ ވެހިކަލް ގެންދިއުމަށް ލިބެއެވެ. އެ މުއްދަތުގައި ނުގެންގޮސްފިނަމަ ފުލުހުން އުޅަނދު ނައްތައިލައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް