މަޝްއަރު ޓުއާސް މައްސަލަ: ޚިޔާނާތުގެ ތުހުމަތުގައި ވެސް ކުންފުނީގެ ވެރިޔާއަށް ދައުވާކުރަން ފޮނުވައިފި

އުމްރާ ކުރުން: މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ގެންދިޔަ 50 އެއްހައި ޢުމްރާވެރިން ސައުދީގައި ތާށިވި -- ފޮޓޯ: އޭޕީ

ދިވެހިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި އަލް މަޝްއަރު ޓުއާސްގެ މައްޗަށް ފުލުހުން ޚިޔާނާތުގެ ތުހުމަތު ވެސް ކޮށް، ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މި އަހަރު އުމުރާއަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގާފައި ވާކަމަށެވެ. އަދި މަކަރާއި ޚީލަތް ހަދައި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދައުވާކުރުމަށް މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައި ވާކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ކަމަށެވެ. އަދި އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދެ ކުންފުންޏަކަށް ވެސް ދައުވާ ކުރަން ފޮނުވައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ވިޔަފާރިތަކާ ގުޅޭ މައުލޫމާތު ހުންނަ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެ ދެ ކުންފުނީގެ ވެސް އިސް ވެރިޔަކަށް ހުރީ އަލީ ފާރިޝް އެވެ.

މަޝްއަރު ޓުއާސްއިން ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެކުންފުންޏަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ.

https://sun.mv/201170

އުމްރާވެރިން އުމްރާއަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސް ވެފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13ވަނަ ދުވަހުގައެވެ.

ޓިކެޓަށްވާ ފައިސާއަށް ދިން ޗެކް ބައުންސްވެގެން މަޝްއަރު ޓުއާސްގެ ފަރާތުން މިދިޔަ ރޯދަމަހު ޢުމްރާއަށް ގެންދިޔަ 50 އެއްހައި ޢުމްރާވެރިން ސައުދީގައި ތާށިވިއެވެ.

https://sun.mv/190997

މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.

comment ކޮމެންޓް