މެދު އަދި ދުރު ރާސްތާއަށް ބަލާއިރު، ރާއްޖެއަށް އޮތް ހަމައެކަނި ހައްލަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ކުދި އާބާދީތަކަށް އަޅާ ނުލައި ދޫކޮށްލާ ކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، އެންމެ ކުޑަ ރަށްތަކަށް ވެސް، އެ ރަށެއްގެ ނިސްބަތުން ޚިދުމަތް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އެންމެ ކުޑަ ރަށުގެ ރައްޔިތުންނާ ވެސް އަޅުގަނޑު އެބަ ބައްދަލުކުރަން ހުރިހާ ރަށަކަށް ވެސް އެބަދަން ހުރިހާ ރަށެއްގައި ވެސް އެ ރައްޔިތުން ބޭނުންވާ ކަންކަން އެ ރަށަކަށް ބޭނުންވާ ނިސްބަތަކުން ކޮށްދޭނެ ވާހަކަ ދަންނަވަމުން ކުރަމުން މިދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް ދުރު ރާސްތާ އަދި މެދު ރާސްތާއަށް ވިސްނާއިރު ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީވާން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މެދު އަދި ދުރު ރާސްތާގެ ވިސްނުމެއްގައި ސަރަހައްދީ ތަރައްގީ، އާބާދީއާއި ތަރައްގީ އެއްފަސްވުން އެއީ ހަމަ ރާއްޖެއަށް އޮތް ހަމައެކަނި ހައްލު. އެ ނޫން ހައްލެއް ނެތް. އެހެންވީމަ އެކަން އަޅުގަނޑުމެން ކުރަން ޖެހެނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ، ސަރަހައްދީ ތަރައްގީގެ މަޝްރޫއެއްގެ ދަށުން ރާއްޖޭގެ އުތުރުގައިއާއި ދެކުނުގައި އެއް ލައްކައިގެ އާބާދީގެ ދެ ރީޖަން ގާއިމުކުރަން ނިންމައިފައެވެ. އަދި 10،000އާ ހިސާބަށް މީހުން ދިރިއުޅޭނެ އާބަން ސެންޓަރުތައް ވެސް ގާއިމުކުރަން ރާވާފައިވެއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ސަރަހައްދުތަކެއް ތަރައްގީކޮށް، ރަށްތަކެއް ތަރައްގީ ކުރުމަކީ ޒިންމާދާރު ކަމާއެކީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށް މިމަހުގެ ނުވައެއްގައި ވަނީ އިއުލާންކޮށްފައެވެ.
އެ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
މިދިޔަ ނޮވެމްވަރު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާގުޅޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސް ކަމަށް ބަޔާންކޮށްފައިވާ ބިލެއް ފާސްކޮށްފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ އެ ބިލް ތަސްދީގު ކުރައްވައިފައެވެ.
comment މާލެދަންތުރަ
2 month 4 day ago
ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހޭނެ ހައްލެއް ބޭނުންވޭ. އަތޮޅުތަކުގައި ނަމެއްގައި ހޮސްޕިޓަލްތައް ހުންނަނީ. ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކާއިރަށް ބުނަނީ އަވަހަށް މާލެދާށޭ. މިތަނުން ކޮށްދެވޭނެ ފަރުވާއެއް ނެތޭ. މިއީ މައްސަލައަކީ. ވަރަށް އާދައިގެ ކަންކަންވެސް އަތޮޅު ހޮސްޕިޓަލުން ނުކުރެވޭތީވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ވެސް މިއޮތް ފުރެނީ. އެކަމަކު މިތަންތަނުގައިވެސް ނެތް މާލެ ނުގޮސްވާނެ އެއްވެސް ގޮތެއް.
comment އެއްފަސް.
2 month 4 day ago
އެއްފސްކުރަނީ އޭ ކިޔާފަ މާލެ އަށް އެންމެން ޖަމަާކުރަނީ.މިހާރު މާލޭގަ ހިގާ ބިގާއުޅެވޭ ވަރެއްނޫން.އަބަދު އެންމެން ރޯގާޖެހިފަ ބަލިވެފަ.މަގުމަތިން ދުވަނި ކުނިވަސް.މިމީހުން ވަށައިގން ފާރަވެރިން ލައިގެން އުޅުނަކަސް އެންމެނަކަށް އެހެންމީހުނަކަށް އެފުރުސަތު ނ0ޯވެ
comment ސާޖިދާ ކޮއްކޮ މާޖިދާ
2 month 4 day ago
ޑީސެންޓްރަލައިޒޭޝަން ނޭންގޭ މީހަކަށް އޮންނާނެ ހަމައެކަނި ގޮތަކީ އެއްފަސް ކުރުން. ފުރަތަމަ ކަމަކަށް ރިސޯސް ޑީސެންޓްލައިޒް ކުރަންވީ، އާބާދީ އަމިއްލައަށް ޑިސެންޓްރަލައިޒް ވާނެ، ހުރިހާ އެންމެން ދިމްޔާތް ސްޓޭއަށް ގެނައުން ނޫން ޙައްލެއް ބޭނުންވޭ
reply މާޖިދާ ކޮއްކޮ އާބިދާ
2 month 4 day ago
މާޖިދާއަކަށް ނުވިސްނޭ އަދި މި ވާނުވާއެއް. އެއްބައްރަކަށް ހިކިފަ އޮތް ގައުމެއްނޫނޭ ރާއްޖެއަކީ. ޑީސެންޓްރަލައިޒޭޝަންގެ އަސާސް މުތުލަގުކޮށް އިދިކީލިނުވާގޮތަށް، ހިންގޭނީ ނިކަން ބޮޑެތިކޮށް ހުންނަ ތަންތާގަ. 2000 މީހުންގޮވައިން ކިހިނެއް ސިޓީއެއް ތަރައްގީކުރާނީ. ކިހާބޮޑު ޚަރަދެއް އެއީ.
comment ނައީމާ
2 month 4 day ago
ރަސްމާލެ ފެއްޓެވީ އެހެންވެގެންތޯ. ހުރިހާ އެންމެން މާލެ ސަރަހައްދަށް ޖަމާކޮށް ރާއްޖެ ތެރެ ފޮހެލަންތޯ. ކިޔާއެއްޗަކާ އަމަލާ ދިމާނުވޭ. ތިޔަކީ އާ ވާހަަކައެއްނޫން. ރ.މ. ދައުރުގައި ހަމްދޫނު ހަމީދު ޕްލޭނިންގ މިނިސްޓަރކަށް ހުންނަވައިގެން ތިކަމާއި ބެހޭ ދިރާސާ ކޮށް ރިޕޯރޓް ތައް މަތިމައްޗަށް ލިޔެފައި ހުންނާނެ. މި ރިޕޯރޓް ތައް ބަލާލާނަމަ އަތުން ފައި ގޯސް ނުހަދާނެ. އަަލުން ބަލުން ފައްޓާކަށެއްނުޖެހޭނެ. ކޮންމެ މީހަކުވެސް މިއުޅެނީ މަގޭ ލީގަސީ އެއް އުފައްދަން. އެކަމަކު ދެއްކެނީ ކުރެވެނީ ކުރިންވެސް ކޮށްފައި ހުރި ކަންތައްތައް. ގައުމެއް ކުރިއަކަށް ނުދޭ.
comment ދިލްސާ
2 month 4 day ago
ވިހިއަހަރު މާސްޓަޕުލޭންގަހިމަނާ ދެންހެދުނުވަރަކައް ދޮގުހަދާ އެއްފަސްކުރުން އެއީތުއްތޮންބެގެ ތަސައްވަރެއް އަލުން ކަލޭފާނު ބޮޑުކަތީބު ކަތީ ކުޑަކަތީބުވެސް ކޮންމެރަހެއްގައައްޔަންކުރޭ ލައްޖެހި ދޮގުވެރިޔާގެ ފޭރިގަތްޕާޓީ ކަފިކަފި ވެއްޖެ ހިޔާލުތަފާތުވުންވަރައްބޮޑު ސަހީމުވެސްމިހާރުހެހެލާފަ
comment ބެރީ
2 month 4 day ago
ސިޓީއަކަށް ހަދާ ރަށްތަކަށް ސިޓީކިޔާފަ ރަށުގެ ނަންކިއުން ހުއްޓާލަންވެއްޖެ. މިއީ ތަފާތުކުރުމެއް. އިއްޔެ ކީ ރިޕޯޓެއްގައި އޮތީ އޭޑީބީން ރާއްޖެއާ އިންޑިއާގައި ހިންގި ޕްރޮޖެކްޓެއް. އޭގައި އިންޑިއާގެ އެތައް ތަނެއްގެ ނަންތައް އޮތް އިރުވެސް "ސިޓީ" ގެ ލަގަބު ޖަހާފަކަ ނެއް. ދެން ރާއްޖޭގެ ބައި ފެށުނީމަ އެއްކަލަ ސިޓީތައް އަތުވެއްޖެ.