15 އަހަރަށް ފަހު އައިޝަތު މަޖީދިއްޔާއާ ދުރަށް، ދަރިވަރުން ދައްކުވައިދިނީ ޕްރިންސިޕަލްއަށް އޮތް ލޯބި

އާއިޝަތު ޞާލިޙްގެ ޚިދުމަތަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ މަޖީދިއްޔާ ސްކޫލް

ޖުމްލަ 15 އަހަރު މަޖީދިއްޔާ ސްކޫލަށް ޚިދުމަތް ކުރުމަށްފަހު ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިޙް މަގާމުން ރިޓަޔާކުރައްވައިފިއެވެ.

މަޖީދިއްޔާ ސްކޫލުން ވަނީ ޕްރިންސިޕަލްގެ ޚިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން ކުލަގަދަ ހަފުލާއެއް ބާއްވައިފައެވެ.

އެ ސްކޫލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޕްރިންސިޕަލްގެ ޚިދުމަތްތައް މަޖީދިއްޔާ ސްކޫލުގެ ތާރީޚުގަައި ލިޔެވިފައި ވާކަމަށް ބުނެފައެވެ. އަދި ޕްރިންސިޕަލްގެ ފޮނި ހަނދާންތައް މަޖީދިއްޔާގެ ދަރިވަރުން އާކުރާނެ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އައިޝަތު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ، މަޖީދިއްޔާގައި މަސައްކަތް ކުރެއްވިއިރު ބެލެނިވެރިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މަޖީދިއްޔާގެ ދަރިވަރުންނަށް ރައްކާތެރި، އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއިޝަތު ޞާލިޙްގެ ޚިދުމަތަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ މަޖީދިއްޔާ ސްކޫލް

"އެންމެ އުފާވާ ކަމަކީ އެކުދިން އަޅުގަނޑު ދެކެ ލޯބިވާތީ އަދި އަޅުގަނޑު ވެސް އެ ކުދިން ދެކެ ލޯބިވޭ. މަޖީދިއްޔާގައި އޮތް އަޅުގަނޑުގެ އާއިލާ ދޫކޮށްލުމަކީ އުނދަގޫ ކަމެއް،" އައިޝަތު ލިޔުއްވާފައިވެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އައިޝަތު ވިދާޅުވީ މަޖީދިއްޔާގައި އަދާކުރެއްވި ކޮންމެ މަގާމެއްގައި ވެސް ކުރިއަށް ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަމުން ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް މަޖީދިއްޔާއާ ދުރަށް ވަޑައިގެންފައިވާނީ އެ ގޮންޖެހުންތަކުން އަރައިގަނެވޭ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރިންސިޕަލް އައިޝަތުގެ ފެއާވެލް ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މަޖީދިއްޔާ ސްކޫލް

އައިޝަތު އެންމެ ފުރަތަމަ މަޖީދިޔާ ސްކޫލާ ގުޅިވަޑައިގަތީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1984 ވަނަ އަހަރެވެ. އެ މަގާމުގައި ތިން އަހަރު މަސައްކަތް ކުރެއްވުމަށްފަހު އޭނާ ދެ ސްކޫލެއްގައި 17 އަހަރު ވަންދެން މެނޭޖްމެންޓްގެ މަސައްކަތް ކުރެއްވިއެވެ.

އެއަށްފަހު އައިޝަތު ވަނީ 2003 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެސިސްޓެންޑް ޕްރިންސިޕަލްގެ ގޮތުގައި ވެސް މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކުރައްވާފައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އޭނާ އައީ އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު ފުރުއްވަމުންނެވެ.

އައިޝަތު ޞާލިޙްގެ ޚިދުމަތްތައް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/ މަޖީދިއްޔާ ސްކޫލް

އައިޝަތުއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޮއެވެ.

ނިމިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، އައިޝަތުއާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީގެ އިސްތިއުފާއަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

https://sun.mv/196120

ތޭރަ ސަފުހާގެ އެ ޕެޓިޝަންގައި ދެ ބޭފުޅުން ވަކިކުރަން ގޮވާލަނީ މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާތީ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން "ސަން"އަށް ދެއްވި އިންޓަވައިއުއެއްގައި އައިޝަތު ވަނީ އެ ޕެޓިޝަންގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް

comment މެސީ1

2 month 4 day ago

މިކަމަނާ އާ ހެދި މުޅި ސްކޫލް ގޯހުނަ ގޯހައް ދިޔައީ، ހިންގަން ނުއެނގޭ ކަމަނާއެއް

comment ފިޅޭ

2 month 4 day ago

ތި ސްކޫލްގައި އޮތް މައުލޫމާތު ދިނުމުގެ ޖަލްސާޔަކަށް އަހަރެން ގެންދަންވެގެން މި ސޯލިހު ސޮއިކޮށްފަ ފޮނުވި ސިޓީގައި "އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 އަށް ސްކޫލަށް ހާޒިރުވާން ދަންނަވަމެވެ." މިހެން އޮތް ދުވަހުން ފެށިގެން މި ޕުރިންސިޕަލް ސްކޫލް ހިންގާނެ ގޮތް އެނގުނު. އަހަރެން އެ ޖަލްސާޔާ ވައިވެސް ނޭޅެން!

comment ވަޓަބަރަނި

2 month 4 day ago

މަޖީދިއްޔާ ކުދިން ލައްވައި އައިޝަތު ސާލިހަށް ސަނާ ކިޔުމުގެ ކަންތައް ކުރިޔަށް ގެންދިޔައީ އެކަމަނާ ދުރާލައި ރާވައިގެން މަޖްބޫރު ކުރުވައިގެން. އެއީ އެކުދިން ގެ ހިތްތަކުގައި އޭނާގެ މައްޗަށް ހަގީގީ ލޯތްބެއް އޮވެގެން އެކުދިން އިސްނަަގައިގެން ކުރި ކަމެއް ނޫން. މިކަން މަޖީދިއްޔާ މެނޭޖްމަންޓުން ކުދިންނަށް މަޖުބޫރުކޮށްގެން ކުރުވިކަން އެނގޭތީ މިހެން މިބުނީ. މިކަމަނާ އަަކީ ހިންގުންތެރި ކަމެއްނެތް ބޭފުޅެއް. މަޖީދިއްޔާވަނީ ބޮއްސުން ލާފައި

reply އާދަނު

2 month 4 day ago

މި ހާދަ ބޮޑު އިތުރުފުޅެއް. އާސްތު އެންމެ ފުރިހަމައެކޭ ނޫން. ޢަހަރެންގެ ދަރި އަބަދުވެސް މަޖީދިއްޔާގައި ގޯސް ކުދިން ގިނަކަމުން ސްކޫލުން ބަދަލު ނުވެވިގެން އުޅޭނެ. މިއީ ހުރިހާ ސްކޫލެއްގެވެސް ހާލަތު. އެކަމަކު އަބަދުވެސް މެޑަމް އަށް ވަރަށް ތައުރީފު ކުރާނެ. ރިޓަޔާ ކުރައްވާ ވާހަކަ އަޑު އިވުނީމަ ގެއަށް އައިސް ރުއި ދެރަވެގެން. އައި ފީލް ސޯ ސޭޑް އޭ ކިޔާފަ. ނޯވަން އިޒް ގޮނަބީ އޭޒް ސޮފްޓް ސްޕޯކަން އެންޑް ކައިންޑް އޭޒް ހާރ އޭ. މިއީ 8 ގަ އުޅޭ އެކްޓިވް ދަރިފުޅުގެ ވާހަކަ.

reply މުޙައްމަދު

2 month 4 day ago

ދެން ކަލޭ ހަވާލުވާންވީނު ރަނގަޅުކުރަން. މިހާރު އެއޮތީ ފުރުސަތު ހުޅުވިފަ.

reply ހާހާ

2 month 4 day ago

ޝީޒާއާ ސައީދުއާ ކުރި ކޮމެންޓެއް.

comment ލލ

2 month 4 day ago

ވެރިންނަކީ ވެރިން ރައްޔިތުން ދެކެ ލޯބިވާ، ރައްޔުތުން ވެރިންދެކެ ލޯބިވާ މީހުން ، !