އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު، ސައުތެމްޕްޓަން ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި، 3-1 އިންނެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ނުރައްކާތެރި ހަމަލާތަކެއް އުފައްދާ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ސައުތެމްޕްޓަންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސައުތެމްޕްޓަނަށް ލިބުނު ކޯނަރަކުން މެޗުގެ ލީޑު ނެގުމެވެ. އެއީ، ޔުނައިޓެޑްގެ މަނުއެލް އުގާޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ނަމަވެސް މިލަނޑު ވެގެންދިޔައީ ޔުނައިޓެޑްގެ މަނުއެލް އުގާޓް އަތުން ބައިކޮޅަށ ވަން ލަނޑެކެވެ.
ޔުނައިޓެޑަށް މެޗު އެއްވަރުކުރެވުނީ ނިމެން އަށް މިނެޓަށްވި ފަހުންނެވެ. އެ ލަނޑު ޖަހައިދިނީ އަރިމަތިން ފަހަތަށް ކުޅެނިކޮށް، ކުރިއަށް ބަދަލުކުރި އަމަދު ޑިއާލޯއެވެ. އޭނާ ވަނީ 90 ވަނަ މިނެޓުގައި ލީޑު ވެސް ނަގައިދީފައެވެ. އޭނާ ވަނީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިއީ އޭނާގެ ސީނިއާ ކެރިއާގައި ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. މި ސީޒަންގައި ޑިއާލޯ އަންނަނީ ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ޖަހައިދެމުންނެވެ.
މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 21 މެޗުން ލިބިފައިވާ 26 ޕޮއިންޓާ އެކު 12 ވަނައިގައެވެ. ސައުތެމްޕްޓަން އޮތީ ހަ ޕޮއިންޓާ އެކު އެންމެ ފުލުގައެވެ.
މި މުބާރަތުގައި ބްރައިޓަން އެންދް ހޯވް އެލްބިއަންއާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ބްރައިޓަންއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ބްރައިޓަންއިން މިމެޗުގައި ކާމިޔާބުކުރި ދެ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކައޮރޫ މިޓޯމާއާއި ޖޯޖީނިއޯ ރުޓާއެވެ.
މި ކާމިޔާބީއާ އެކު ބްރައިޓަން 31 ޕޮއިންޓާ އެކު ނުވަވަނައިގައި އޮތްއިރު އިޕްސްވިޗް އޮތީ 16 ޕޮއިންޓާ އެކު 18 ވަނައިގައެވެ.