އިޒްރޭލުގެ ސަލާމަތާ ބެހޭ ވަޒީރު މަސްޖިދުލް އަޤްޞާއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް، އަލް އަޤްޞާ މިސްކިތަށް ވަންނަން ދިޔުން: ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފައި -- ފޮޓޯ/ ރޮއިޓާސް

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް، އަލް އަޤްޞާ މިސްކިތަށް ވަނުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

އަލް ޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް އަލް އަޤްޞާ މިސްކިތަށް ވަދެގަނެފައިވަނީ އިއްޔެއެވެ. އޭނާ ވަނީ އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތުގެ ކޮމްޕައުންޑުގައި ޔަހޫދީ ސިނަގޯގެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ދިވެހި ސަރުކާރުން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެއީ އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއްކަން ވަނީ ފާހަގަކޮށްފައެވެ.

މަސްޖިދުލް އަލް އަގްސާ

އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއްކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި، އެ ކަމަކީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާ އެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އެފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިޙުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވައިލާފައެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކެން، ދިވެހި ސަރުކާރު

މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިޒްރޭލުން ވަނީ އަލް އަޤްޞާ މިސްކިތަށް އަރައިގަނެ، ގެއްލުން ދީފައެވެ. އެ މާތް ތަނުގައި ނަމާދުކުރުމަށް ތިބޭ މީހުންނަށް އިޒްރޭލުގެ އަނިޔާވެރިން ގޮންޖެހުންތައް ކުރިމަތިކުރުވައެވެ.

ޚާއްސަ ގޮތެއްގައި ކޮންމެ ރަމަޟާން މަހެއްގައި އިޒްރޭލުން އަލް އަޤްޞާ މިސްކިތަށް އަރައިގަނެ، ފަލަސްތީނަށް ހަމަލާތައް ދެއެވެ.

comment ކޮމެންޓް