އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކު ލިސްޓަށް މޮއާނާ

ޑިޒްނީއިން އެންމެ ފަހުން ނެރުނު އާ ކެރެކްޓާތަކުގެ ތެރޭގައި ހިމެނޭ "މޮއާނާ"ގެ ދެވަނަ ބަޔަކީ މި އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

މިދިޔަ މަހުގެ ފަހުކޮޅުގައި ދައްކަން ފަށާފައިވާ މޮއާނާގެ ދެވަނަ ބައި ވެގެން ދިޔައީ ހީކުރި ވަރަށް ވުރެ ބޮޑު ހިޓަކަށެވެ. ފިލްމު އެޅުވި ހަފުތާގައި ވެސް ފިލްމު ވަނީ ރެކޯޑުތަކެއް މުގުރާލާފައެވެ. އޭގެތެރޭގައި އެންމެ ބޮޑު އޯޕެނިން ލިބުން ފިލްމުގެ ރެކޯޑު ވަނީ މި ފިލްމު މުގުރާލާފައެވެ.

ގިނަ ބަޔަކު ލަފާކުރަމުން އައީ މި ފިލްމަކީ ޑިޒްނީގެ މިއަހަރުގެ އެންމެ ބޮޑު ހިޓަށް ވާނެ ކަމުގައެވެ. ފިލްމު އެޅުވިތާ މަހެއް ވީ އިރު ފިލްމުގެ އާމްދަނީ ވަނީ 900 މިލިއަން ޑޮލަރާ ގާތް ކޮށްފައެވެ. އެއާއެކު މި ފިލްމު ވެގެން ގޮސްފައިވަނީ މިއަހަރުގެ ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ.

ލަފާ ކުރެވޭ ގޮތުގައި މިއަހަރު ނިމުމުގެ ކުރީން ފިލްމުގެ އާމްދަނީ އެއް ބިލިއަނަށް އަރާނެއެވެ. އެއާއެކު ތިންވަނައަށް އެންމެ ބޮޑު ފިލްމަށް މޮއާނާ ވެގެންދާނެއެވެ.

މިއަހަރު ބޮކްސް އޮފީހުގެ އެންމެ ކުރީގައި އޮތީ ހުސް ޑިޒްނީ އާއި ޑިޒްނީގެ ދަށުން ހިންގާ ކުންފުނިތަކުގެ ފިލްމުތަކެވެ. އެގޮތުން އެއްވަނައިގައި އޮތީ ޑިޒްނީގެ އެނިމޭޓެޑް ފިލްމު "އިންސައިޑް އައުޓް"ގެ ދެވަނަ ފިލްމެވެ. އަދި ދެވަނައިގައި އޮތީ ޑެޑްޕޫލް ފްރެންޗައިޒްގެ ތިނަވަނަ ފިލްމު "ޑެޑްޕޫލް އެންޑް ވުލްވަރީން" އެވެ. އަދި ތިންވަނައިގައި އޮތީ އެނިމޭޓެޑް ފިލްމު "ޑިސްޕިކަބަލް މީ"ގެ ހަތަރުވަނަ ބައެވެ.

މޮއާނާގެ ދެވަނަ ބައިގެ މުހިއްމު ރޯލުތަކަށް އަޑު އަޅާފައިވަނީ ޑްވޭން ރޮކް ޖޯންސަންއާއި އޯލީ ކަރަވާލޯއާއި ނިކޯލް ޝާޒިންގާ އެވެ.

comment ކޮމެންޓް