ޔޫކޭގެ އޮފީހެއްގެ ވެރިޔާ، މުވައްޒަފުންނަށް ހަދިޔާއަކަށް ދިނީ ރާއްޖޭގައި ޗުއްޓީއަކާއި ރޮލެކްސް ގަޑިއެއް

ޔޫކޭގެ ކަނެކްޓް މެނޭޖްމެންޓް އޭޖެންސީގެ މުވައްޒަފުން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.ފޮޓޯ/އެސްޑަބްލިޔުއެންއެސް

ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، ޕެރިސްގެ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތާއި 20،000 ޕައުންޑުގެ ހަދިޔާ އަދި ރޮލެކްސް ގަޑިއެއް އިނގިރޭސިވިލާތުގެ އޮފީހަކުން ކޮންމެ މުވައްޒަފަކަށް ދީފިއެވެ.

ސޯޝަލް ފަސްޓް ޓެލެންޓް އެޖެންސީއެއް ކަމަށްވާ ކަނެކްޓް މެނޭޖްމަންޓްގެ ސީއީއޯ އަދި ފައުންޑަރު ކަމަށްވާ 25 އަހަރުގެ ބެންޖީ ލެސްލީ އަބަދުވެސް ގަބޫލުކުރާ ގޮތުގައި އޭނާގެ މުވައްޒަފުންނާ މެދު ރަނގަޅަށް ކަންތައް ކުރުމަކީ މުވައްޒަފުން މަސައްކަތް ރަނގަޅަށް ނިންމުމަށް ދެވޭ އިތުރު ހިތްވަރެކެވެ.

އޭނާގެ ޓީމު ޗުއްޓީ ދުވަސްތަކުގައި ރާއްޖެއަށާއި ޑިޒްނީލޭންޑް ޕެރިސް ފަދަ ތަންތަނަށް ގެންދިއުމުގެ އިތުރުން އެ ދުވަހު އެންމެ ގިނައިން އާމްދަނީ ހޯދި ޓީމް މެމްބަރަށް ހަދިޔާއެއް ހޮވުމުގެ ފުރުސަތު ދެއެވެ. އެ ހަދިޔާތަކުގައި ތެރޭގައި އަގުބޮޑު ރޮލްކެސް ގަޑި ވެސް ހިމެނެއެވެ.

"އަހަރެން ވަރަށް ލޯބިކުރަން އަނބުރާ ދިނުމަށް. ފައިދާ ގޮތުގައި ލިބޭ އެއްޗެއް ބެހުމަކީ އަހަރެން ޝުކުރު އަދާކުރާ ގޮތް. އަހަންނަށް ލިބިފައިވަނީ ވަރަށް އުފާވެރި މުވައްޒަފުންތަކެއް. 89 ޕަސެންޓް ސްޓާފުން ރިޓެންޝަން އާއެކު. ސްޓާފުން ނުލިބުނު ނަމަ އަހަރެމެންނަށް ފައިދާއެއް ނުލިބޭނެ," ލެސްލީ ބުނެފައިވެއެވެ.

ކަނެކްޓް މެނޭޖްމެންޓްގެ މުވައްޒަފުން ޕެރިސް ޑިޒްނީލޭންޑުގައި.ފޮޓޯ/އެސްޑަބްލިޔުއެންއެސް

ލެސްލީ އޭނާގެ ޓީމު ކޮންމެ ދުވަހަކު އޮފީހުގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއަޅައެވެ. އެއީ ގޭގައި ހުރެގެން އެކަނި މަސައްކަތް ކުރުމަކީ "އުފެއްދުން ކުޑަ" ކަމެއް ކަމަކަށް ވާތީއެވެ. މަޖާ އޮފީސް މާހައުލެއް އުފައްދައި، ކޮންމެ ދުވަހަކު ހެނދުނު ކޮންމެވެސް އެއް މުވައްޒަފަކު އޮފީހަށް ގޭމެއް ގެނައުމަށް ވެސް ލެސްލީ ވަނީ ހުއްދަ ދީފައެވެ.

"އެމީހުންނަށް ކުރަންޖެހޭ ކަންތައްތައް ވިސްނޭ. އެއީ ސުޕާ އަޖައިބު ކުރުވަނިވި ޓީމެއް. ވަރަށް ގިނަ އޮފީސްތަކުގައި މުވައްޒަފުން ހިތްހަމަނުޖެހި ތިބެ މަސައްކަތް ކުރޭ. އެ މީހުން މަސައްކަތް ކުރަނީ މަސައްކަތްކުރަންޖެހޭޭ އެންމެ މަދު މިންވަރަށް،" ލެސްލީ ބުންޏެވެ.

ދާދި ފަހުން ލެސްލީ ވަނީ މުވައްޒަފުން ޑިޒްނީލޭންޑް ޕެރިހަށް ވެސް ގެންގޮސްފައެވެ. އޭނާ ބުނި ގޮތުގައި އެއީ ހުރިހާ ކަމަކަށް މުވައްޒަފުންނަށް ޝުކުރު އަދާކުރުމަށް ކުރި ކަމެކެވެ.

ލެސްލީ ބުނީ އޭނާގެ ސްޓާފުންގެ ފަރާތުން ގިނަ އުއްމީދުތަކެއް ކުރާ ކަމަށެވެ.

comment ކޮމެންޓް