ކަނޑުމަތީ އަދި މޫސުމީ ދޫންޏާގުޅޭ ދިރާސާއެއް ހެދުމަށް އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއި ޔުނިވަސިޓީ އޮފް އޯކްލެންޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފޮއެވެ.
މި ފަހުމުނާމާގައި އީޕީއޭގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

ކަނޑުމަތީ ދޫންޏާގުޅޭ ދިރާސާކުރުމަށް އޯކްލެންޑު ޔުނިވަސިޓީއާ އެކު އީޕީއޭއިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައި -- އެންވަޔަމަންޓު މިނިސްޓްރީ
އީޕީއޭއިން ބުނީ، މި ފަހުމުނާމާގެ ދަށުން ކަނޑުމަތީ އަދި މޫސުމީ ދޫނިތައް ހާލި ހަދައި، އަދި ކާނާ ހޯދާ ތަންތަން ފާހަގަ ކުރެވިގެންދާނެ ކަމަށެވެ.
މި މައުލޫމާތުތައް އެއްކޮށް، އޭގެ އަލީގައި ދޫނިތައް އުޅޭ މާހައުލު ރައްކާތެރި ކުރުމަށް ބާރު ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި ދިރުންތައް ހިމާޔަތް ކުރަން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން އީޕީއޭއިން ފާހަގަ ކުރެއެވެ.
comment އިސްމާލު
4 month 3 week ago
މެގަ ޕްރޮޖެކްޓެއް ކަމަށް ފެންނަނީ