ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުުހަމަތުގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ/ ފުލުހުން

މާލޭގެ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މިއަދު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ބުރުޒު މަގު، ސިނަމާލެ އެކެއް ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި މިދިޔަ ހޯމަ ދުވަހުގެ 18:25 ހާއިރު ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެހެންވެ، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި، ޚާލިދު މަޙްމޫދު (35އ) އަދި، އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް (31އ) އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުނެވެ.

މި ކަމާ ގުޅުންހުރި ވީޑިއޯއެއް ވެސް މީސްމީޑިއާގައި ހަމަ އެރޭ ދައުރުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އަލީފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގައެވެ. އަދި، އަލިފާން ނިއްވަން ފަޔާ އެންޑް ރެސްކިއު ޓީމުގެ އޮފިސަރަކު ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

comment ކޮމެންޓް