Ooredoo

މަރުތޭލަކުން ހަމަލާދިނުން: ހާދިސާގައި ހަރަކާތްތެރިވި ފުލުހަކަށް ވަނީ އަނިޔާ ލިބިފައި

މަރުތޭލަކުން ހަމަލާދިނުން: ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އުޅަނބޮށްޓަށް ވަނީ އަނިޔާ ލިބިފައި --

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް، ރޭ ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން މަރުތޭލަކުން ހަމަލާދީ ޒަޚަމްކޮށްލި ހާދިސާގައި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ރިޕޯޓް ލިބުނީ 08:41 ހާއިރުކަމަށެވެ. އަދި އެ ހަމަލާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ފުލުހުން ބުނީ އެ މާރާމާރީ ހުއްޓުވުމަށް އެތަނުގައި ހަރަކާތްތެރިވި ފުލުހެއްގެ އުޅަނބޮށްޓަށް އަނިޔާވެފައިވާކަމަށެވެ.

ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

https://sun.mv/202218

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައިނުވާއިރު، ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާރާމާރީގެ މައްސަލަތައް މިހާރު ވަނީ އިތުރުވެފައެވެ.

އެގޮތުން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެތެރޭގައި ވެސް

މާރާމާރީއެއް ހިންގާފައިވެއެވެ. މި މާރާމާރީގައި ހަރަކާތްތެރިވެފައި ވަނީ ދެ ބިދޭސީންނެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، މާރާމާރީ ހިންގީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ކައްކާއާއި، ބަންގްލަދޭޝަށް ނިސްބަތްވާ އެހީތެރިޔަކާ ދެމެދު ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މާރާމާރީގެ 64 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

Redstar
comment ކޮމެންޓް

comment އަހުމަދު ރުސްތުމް

2 month 4 week ago

އިރާދަ ކުރެއްވިއްޔާ ނިކަން ކެރިގެން އަޅުގަނޑުމެން 90ގެ އަހަރުތަކުގަ ސިފައިންގޭގަ އުޅުނު އިރު ގަ ވާނީ މި ފުރަމާލޭ ގެ ސެކިޔުރިޓީ ނިކަން ފުރިހަމަ އައް އަދާ ކޮއްފަ. އޭރު މީހުން ސިފައިންނައް ގަދަރު ކުރާނެ. އަޅުހަނޑުމެން ބޮޑެތި ރެލީ ބައިސްކަލުގަ ވިއްސާރަ ދުވަސްތަކުގަ އަންކުދިންނައް ފޮނި ދައްކަމުން ދާއިރު ވެއްޓުނީމަ އެކުދިން ބުނާނެ ސިފައިންގެ ބޭކަލެކޭ ނުވާނޭ ހަމަ އެއްކަމެއްވެސް. ޖެހޭ ވަރައްވުރެން ބާރައް ތެދުވެގެން ދުއްވާލާނީ. ބުނަން މިއުޅެނީ ފުލުހުންނައް ހާއްސަ ބާރުތަކެއް ދޭންޖެހެޔޭ.

reply ÷ފޮނިބައްޔާ

2 month 3 week ago

ޢަންކުދިންނަށަ ފޮނިދެއްކުމުގެ ބާރުތަ ދޭންވީ؟