ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަޗާރީގެ ސްކޫލެއްގައި ފުރަތަމަ އަންހެން އޭއައި މުދައްރިސް ތަޢާރަފުކޮށްފިއެވެ.
ކަރާޗީގެ ގުލްޝަން-އެ-އިޤްބާލް ސަރަހައްދުގެ އަމިއްލަ ސްކޫލެއްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ "އައިނީ" ނަމަކަށް ކިޔާ މި މުދައްރިސަކީ ޕާކިސްތާނުގެ ފުރަތަމަ އަންހެން އޭއައި މުދައްރިސެވެ.
މި އޭއައި މުދައްރިސް ފަރުމާކޮށްފައިވަނީ ގްރޭޑް ފަހެއް ގެ ދަރިވަރުންނަށް ހިސާބު، ސައިންސް އަދި ބަހަވީ ޢިލްމުގައި އެހީތެރިވުމަށެވެ. ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ، އެ ކުދިންގެ ކުރިއެރުން ބަލައި، އަދި ވަކިވަކި ދަރިވަރުންގެ ދަސްކުރާ މިންވަރު ބަލައި ފިލާވަޅުތައް ބައްޓަންކުރުމުގެ ޤާބިލްކަން މި މުދައްރިސަށް ލިބިގެން ވެއެވެ.
މި މަޝްރޫޢުގައި ހިމެނެނީ އެންމެ ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި ކިޔަވައިދިނުމަށާއި ދަރިވަރުންނަށް އަމިއްލަ ފަރުދީ ފެންވަރުގައި ދަސްކުރުމުގެ ތަޖުރިބާތައް ފޯރުކޮށްދެވޭނެއެވެ.
މީގެ ކުރިން، އޮކްޓޯބަރު މަހު، ޕާކިސްތާނުގެ 32.5 މިލިއަން މީހުން ކުރިމަތިލާންޖެހިފައިވާ ލޭގެ ޕްރެޝަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ "ހާޓް ލައިން ޗެޓްބޮޓް" ތަޢާރަފުކުރެވުނެވެ. މި ޗެޓްބޮޓް ތަޢާރަފުކުރެވުނީ ޕާކިސްތާން ހައިޕަޓެންޝަން ލީގުގެ 27ވަނަ އަހަރީ ޖަލްސާގައެވެ.
"ޑިސްކަވަރިން ހައިޕަޓެންޝަން" މަޝްރޫޢުގެ ދަށުން ތައްޔާރުކޮށްފައިވާ މި ޗެޓްބޮޓްގެ މަޤްޞަދަކީ ލޭގެ ޕްރެޝަރުގެ މައްސަލަ ހުންނަ މީހުންނަށް އަސާސީ މަޢުލޫމާތުން ފެށިގެން ފަރުވާގެ މަގުތަކާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިއީ ލޭގެ ޕްރެޝަރުގެ މައްސަލަ ހުންނަ މީހުންގެ ތެރެއިން އެންމެ 11 އިންސައްތަ މީހުންނަށް އެކަނި މި ބަލި ކޮންޓްރޯލްކުރެވިފައިވާ ޤައުމެއްގައި ބޭނުންޖެހިފައިވާ ޑިޖިޓަލް ހައްލެކެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ތަޢުލީމީ ދާއިރާއަށް ތަޢާރަފުކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ކުރިއަރަމުން އަންނަ ޓްރެންޑެކެވެ. ޕާކިސްތާނުގައި މި ފަދަ އޭއައި މުދައްރިސުން ތަޢާރަފުކުރުމަކީ އެ ޤައުމުގެ ތަޢުލީމީ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ސަބަބުން ކޮންމެ ދަރިވަރަކަށް އޭނާގެ ދަސްވުމުގެ ބާރުމިނާ އެކަށީގެންވާ ގޮތަށް ކިޔަވައިދިނުމުގެ ފުރުޞަތު ލިބި، ތަޢުލީމީ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ޕާކިސްތާނުގައި ޞިއްޙީ ދާއިރާގައި ވެސް އޭއައި ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމަކީ އެ ޤައުމުގެ ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުން ދައްކުވައިދޭ ކަމެކެވެ. މި ފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުން، ޕާކިސްތާނުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވެސް އޭގެ އަސަރު ކުރާނެކަމަށް ބެލެވެއެވެ.