އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސެކްރެޓަރީ އޮފް ޑިފެންސް ނުވަތަ އެމެރިކާގެ އަސްކަރީ މަރުކަޒު ޕެންޓަގަންގެ ވެރިޔާގެ މަގާމަށް ފޮކްސް ނިއުސްގެ ހޯސްޓް އަދި ކުރިން ސިފައިންގެ ތެރޭގައި މަސައްކަތްކުރެއްވި ޕީޓް ހެގްސެތް އައްޔަންކުރައްވައިފިއެވެ.
އެ މަގާމަށް ހެގްސެތް އައްޔަންކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އެއީ ޓްރަމްޕްގެ ކެބިނެޓްގައި ހިމެނުމަށް މަޝްވަރާކުރެވުނު ނަންތަކުގެ ތެރޭގައި ހެގްސެތްގެ ނަން ނުހިމެނޭތީ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެކަން ނިމިގެން އައީ ޓްރަމްޕް އާއި ހެގްސެތުއާ ދެމެދު އޮތް ގިނަދުވަސްވީ ރަހުމަތްތެރިކަމުގެ ސަބަބުންނެވެ.
ހެގްސެތު އެ މަގާމަށް އައްޔަން ކުރެއްވުމަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ޑިފެންސް ސެކްރެޓަރީން ހޮވުމާ ތަފާތު ކަމެއް ކަމަށް ރިޕޯޓުތައް ބުނާއިރު، ފުރަތަމަ ދައުރުގައި ޕެންޓަގަންގެ އިސްވެރިއަކަށް ސިފައިންގެ ސެކްރެޓަރީއެއް ކަމަށްވާ މާކް އެސްޕާ އާއި ޖެނެރަލް ޖޭމްސް މެޓިސް އައްޔަންކުރެއްވިއެވެ. ނަމަވެސް މެޓިސް އިސްތިއުފާ ދެއްވުމާއި، އެސްޕާ މަގާމުން ވަކިކުރުމުން ޓްރަމްޕް ވަނީ ދެ ސެކްރެޓަރީންނާ މެދު ވެސް ނުރުހުން ފާޅުކޮށް ދެ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.
ރިޓަޔާ ކުރައްވާފައިވާ މެރިން ކާނަލް އަދި ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ސީނިއާ އެޑްވައިޒަރު މާކް ކެންޝިއަން ވިދާޅުވީ ހެގްސެތު ހޮވުމަކީ ހީވެސް ނުކުރާ ކަމެއް ކަމަށެވެ. އަދި ޓްރަމްޕް ބޭނުންފުޅުވަނީ އޭނާއަށް ވަފާތެރި މިނިވަން ސިޔާސީ އަސާސެއް ނެތް ބޭފުޅެއް ކަމަށްވެސް ކެންޝިއަން ވިދާޅުވިއެވެ.
ކެންޝިއަން ވިދާޅުވި ގޮތުގައި ހެގްސެތު އަކީ ޖޫނިއާ އަސްކަރީ އޮފިސަރެއްގެ ގޮތުގައި ރަގަޅު ރެކޯޑެއް އޮތް މީހެއް ނަމަވެސް ގައުމީ ސަލާމަތުގެ މަތީ ފެންވަރުގެ ތަޖުރިބާއާއި ބޮޑު މުއައްސަސާއެއް ލީޑް ކުރުމުގެ ތަޖުރިބާ ނެތް ކަމަށާއި އޭގެ ސަބަބުން ކޮންގްރެސްގައި އޭނާއާ ދެކޮޅަށް މައްސަލައް އުފެދިދާނެ ކަމަށެވެ.
ޕީޓް ހެގްސެތްއަކީ ކާކު؟
ހެގްސެތު އަކީ ކުރީގެ ނޭޝަނަލް ގާޑް އިންފެންޓްރީ އޮފިސަރެކެވެ. އޭނާ އަކީ އަފްޣާނިސްތާނާއި އިރާގުގައި ޚިދުމަތް ކޮށްފައިވާ އަސްކަރިއްޔާގެ ދިގު ރެކޯޑެއް އޮތް މީހެކެވެ.
ހެގްސެތް ވަނީ ޓްރަމްޕްގެ ނުރަސްމީ މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ޓްރަމްޕްގެ އެޑްވައިޒަރުން ސީއެންއެން އަށް ވިދާޅުވިއެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ހެގްސެތުއަށް ގިނަ މަގާމުތަކެއް ދިނުމަށް ހުށަހެޅި ކަމަށް ސީއެންއެންއިން ބުނެއެވެ.
ދެހާސް ސާދަވަނަ އަހަރު ކޮންޓްރިބިއުޓަރެއްގެ ގޮތުގައި ފޮކްސް ނިއުސްއާ ގުޅުމަށް ފަހު އުމުރުން 44 އަހަރުގެ ހެގްސެތު މިހާރު މަސައްކަތްކުރައްވަނީ ފޮކްސް އެންޑް ފްރެންޑްސް ވީކެންޑްގެ ކޯ ހޯސްޓެއްގެ ގޮތުގައެވެ. އޭނާ އަކީ ސްޓްރީމިން ސައިޓް ފޮކްސް ނޭޝަންގެ ވެސް ހޯސްޓެކެވެ. އަދި ގިނަ ފޮތްތަކެއް ވެސް ހެގްސެތް ވަނީ ލިޔުއްވާފައެވެ.
ހެގްސެތް އަކީ އައިވީ ލީގުގެ ކުޅުންތެރިއެއް އެކެވެ. ޕްރިންސްޓަން އާއި ހާވަޑް އިން ވެސް ޑިގްރީ ހާސިލްކޮށްފައިވާ ހެގްސެތް މިހާރު ދިރިއުޅެމުން އަންނަނީ އަންހެނުންނާއި ހަތް ކުދިންނާއެކު އެމެރިކާގެ ޓެނެސީގައެވެ.