އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

އަޒަރުބައިޖާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި --- ވެލާނާ އެއާޕޯޓް

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

އަޒަރުބައިޖާން އެއާލައިިންގެ ފުރަތަމަ ފުލައިޓަށް ވެލާނާ އިންޓަނޭނޭޝަނަލް އެއާޕޯޓުން ވަނީ ދިވެހި ސަޤާފީ ހަރަކާތްތަކާއި އެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެކަމަށް ވަނީ ބުނެފައެވެ.

އަޒަރުބައިޖާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ގަޑިއިރެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓެވެ.

އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ރާއްޖެއަށް މިހާރުވެސް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން ދާދިފަހުން ޔޫއޭއީގެ އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތަށް ރާއްޖެއަށް ފަށާފައި ވާއިރު އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ.

comment ކޮމެންޓް