ދިރާގު ރޯޑްރޭހުގައި ދުވަމުން ދަނިކޮން ހާޓްއެޓޭކް ޖެހުނު މީހާ ނިޔާވެއްޖެ

ދިރާގު ރޯޑް ރޭސް 2024ގައި ބައިވެރިވެ ދުވަމުން ދަނިކޮން ހާޓް އެޓޭކެއްޖެހި ވެއްޓުނު އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ) ---

ނިމިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ދިރާގު ރޯޑް ރޭސް 2024ގައި ބައިވެރިވެ ދުވަމުން ދަނިކޮން ހާޓް އެޓޭކެއްޖެހި ވެއްޓުނު މީހާ މިއަދު މަރުވެއްޖެއެވެ.

މި ދުވުމުގައި ބައިވެރިވެ ދުވަމުންދަނިކޮށް ހާޓް އެޓޭކެއްޖެހި ވެއްޓިފައި ވަނީ އުމުރުން 45 އަހަރުގެ އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ)އެވެ.

އޭނާ މަރުވެފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ދިރާގުން ވަނީ އަލީ އުމަރުމަނިކު ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި ގާތް އެކުވެރީންނަށް ތައުޒިޔާ ކިޔާފައެވެ.

ދުވަމުންދަނިކޮށް އޭނާ ވެއްޓިފައި ވަނީ ދުވުން ނިންމާލާ ލައިނުގެ ކައިރީންނެވެ.

އޭނާގެ ޖަނާޒާ އޮތީ ހުޅުމާލޭގެ އާސަހަރާގައެވެ. ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭގެ ފަތިސް ނަމާދަށްފަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް