އުރީދޫއިން އައު އަހަރަށް އިތުރު އޮފާތައް: 5ޖީ ސްޕީޑުގެ އަންލިމިޓެޑް ޑޭޓާއާއެކު އައު އެޑް-އޮންސް

އުރީދޫގެ އިމާރާތް: އުރީދޫއިން ވަނީ އާ އަހަރަށް ގިނަ އޮފާތަކެއް ތައާރަފުކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އުރީދޫ މޯލްޑިވްސްއިން އައު އަހަރާ ދިމާކޮށް އިތުރު އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ތައާރަފުކޮށްފައިވަނީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އައު އެޑް-އޮންތަކެކެވެ.

އެ އެޑްއޮންތަކަކީ:

  • ޕަވަސްޕީޑް ޕްރޯ: 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް
  • ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް

މި އައު 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން މީގެ ކުރިން ވަނީ އެހެން އޮފާތައް ތައާރަފުކޮށްފައެވެ. އެގޮތުން:

  • 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
  • 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހަށް
  • ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް

އައު އަހަރާ ގުޅުވައިގެން އުރީދޫއިން މި އޮފާތައް ހުޅުވާލައިފައިވަނީ އަންނަ މަހުގެ ނިޔަލަށް އޮންނަ ޚާއްސަ ޕްރޮމޯޝަނެއްގެ ތެރެއިންނެވެ. މި އެޑް އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް