އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަނަށް ބާކީ އެންމެ ދުވަހެއް

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިއެއް: މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ, ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމެން އެންމެ ދުވަހަކަށް ވެއްޖެއެވެ.

މި ޕްރޮމޯޝަނަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23އިން ފެށިގެން އުރީދޫއިން ތައާރަފުކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން އެއް ސައިކަލު ދެމުން އަންނައިރު، މި ޕްރޮމޯޝަން ނިމޭއިރު 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ކަސްޓަމަރުންނަށް އަދިވެސް އިނާމުތައް ހޯދުމުގެ ފުރުސަތު އޮތްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. އެއީ މިމަހުގެ އެންމެ އަގުހުރި އިނާމު ކަމަށްވާ ޕީސީއެކްސް 160 އާއި މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ، 2024 ރެބެލް 300، ކަޅު ކުލައިގެ ސައިކަލެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފުކުރުމުގެ އުފަލުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް