ފިލްމީ ތަރިން ސޮހާ އާއި ކުނާލް ދަރިފުޅާއެކު ރާއްޖޭގައި

ސިހާގެ ފިރިމީހާ އެކްޓަރު ކުނާލް. ދެމަފިރިން މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޕަޓީނާގައި--ފޮޓޯ/އިންސްޓަގްރާމް

ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ ކުނާލް ކެމޫ އާއި ސޮހާ އަލީ ޚާންގެ ދެމަފިރިން ދަރިފުޅު އިނާޔާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

ކުނާލް އާއި ސޮހާގެ އާއިލާ މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގައެވެ. ކުނާލްގެ ދެމަފިރިން މި ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި ވަނީ ޕޯސްޓުކޮށްފައެވެ.

ސޮހާގެ ދެމަފިރިން ދަރިފުޅާ އެކު ޗުއްޓީއަށް ރާއްޖެ އައިސްފައިވާއިރު ސޮހާގެ ބޭބެ އެކްޓަރު ސައިފް އަލީ ޚާން ވެސް ވަނީ އާއިލާއާ އެކު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައެވެ.

ކުނާލް އާއި ސޮހާ މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުގައި ނަގާފައިިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ދުނިޔޭގެ މަގުބޫލު ޤައުމުތަކަށް ޒިޔާރަތް ކުރަން ޝައުގުވެރިކަން ހުންނަ ބަތަލާ ސޮހާ ވަނީ ކުރިން ވެސް ސައިފްގެ އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. ނަމަވެސް މި ދަތުރުގައި ސައިފްގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮހާ އާއި ކުނާލްމެން ތިބި ރިސޯޓުގައި ކަމެއް ޔަގީނެއް ނުވެއެވެ.

މި ދުވަސްކޮޅަކީ އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލް ދުވަސްވަރަށް ވެފައި ދިވާލީގައި ގިނަ ބަޔަކު ހަވާ އަރުވައި، ބޮކިތަކުން ގެތައް ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅޭއިރު ބައެއް ފިލްމީ ތަރިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ޗުއްޓީއަށް ގޮސްފައެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންނަކީ ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާ ވަކާލާތު ކުރާ ބަޔަކަށް ވުމުން އެ މާހައުލާ ދުރަށް ދިޔުމަކީ ވެސް މީގެ އެއް ސަބަބެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިން ރާއްޖެ އަންނަ މިންވަރު އިތުރުވުމާއެކު މިއީ އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވެ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ރާއްޖެ އިޝްތިހާރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

comment ކޮމެންޓް