ތިލަމާލޭ ބްރިޖާއެކު ވެސް ވިލިމާލޭގައި އިންޖީނުލީ އުޅަނދުތައް ދުއްވުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން އަދި ނުގެންގުޅޭކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވިލިމާލޭގެ މަގުތަކަށް މަގުތައް މަރާމާތުކުރުމުގެ މަސައްކަތާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެތަނަކީ ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއްދެވި ވެހިކަލްތައް ވެސް މަދު ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެތަނަކީ ހިނގާ އުޅޭ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއްދެވި އަދި ވެހިކަލްތައް ވެސް އުޅުން މަދު މިހާރު ވެސް ހުއްދަދެވިފައި އޮޮންނަ ވަރަށްވުރެ އިތުރަށް އަޅުގަނޑުމެން އެއްވެސް ވަރަކަށް ވިސްނުމުގައެއް ނެތް އެތަނަށް އިންޖީނުލީ އުޅަނދުތަކަށް ހުއްދަދޭކަށެއް،" ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބު ވިދާޅުވީ ބްރިޖުން ފައިބާ ސަރަހައްދުގައި ޕާކިން ސަރަހައްދެއް ހެދިފައި ހުރީ އެގޮތުގެ މަތީން ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު ވެސް ވިލިމާލޭގައި ދުއްވަނީ ބެޓެރި އުޅަނދުތައް ކަމަށާއި ނަމަވެސް އެއަށް ވެސް ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ތަނަށް ވެހިކަލް އިތުރުކޮށް، ދަތުރުކުރުމުގެ ފުރުސަތު ދިނުމަކީ އަދި ސަރުކާރުގެ ވިސްނުމުގައި ނެތް ކަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ވިލިނގިލީގެ މަގުތައް ހެދިގެންދާއިރު މިހާރުވެސް ހުރިފަދަ ފެހިކަމެއް ބެހެއްޓުމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމެއްކަން މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތްތަނުގައި 10 ބުރީގެ އިމާރާތްތަށް ވިލިމާލޭގައި ހެދިގެން ދާއިރު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަންޖެހޭނެ ކަމަށާއި އެ ކަމުގެ ތެރެއިން މަގުތައް ވަރަށް ބޮޑަށް ހަލާކުވެގެންދާނެކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން މަގުތައް މިހާރު އޮތް ގޮތަށް އޮންނަން ދޫކޮށްލައިފި ކަމުގައިވާނަމަ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލުމުގެ ޖާގަ އޮތްކަން ގަބޫލުކުރަން ޖެހޭނެކަމަށް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
އަދި ވިލިނގިލީގައި އޮންނަ ފެހިކަމާއި އެތަނުގައި އޮންނަ ރައްޔިތުންނަށް ހިތްގައިމު މާހައުލު ގެއްލިގެން ދާން ބޭނުން ނުވާކަން ވަޒީރު މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.
comment ޑީސަލްއިންޖީނު
5 month 2 week ago
އާއާ އެތާގަ ދުއްވާ ސައިކަލަކީ ޑީސަލް އަންދައިގެން އުފައްދާ ކަރަންޓުން ޗާޖު ކުރާ ތިމާވެއްޓަށް ގެއްލުން ނުވާ ތަކެތި ވިއްޔާ. އެ ގިނަ ކޮށްފަ ބަހައްޓާ
comment ވަޒަން
5 month 2 week ago
ކީއްކުރަން އަޅާ އުސް އިމާރާތްތަކެއް.ފަނުން ޖިފްޓިތަކެއް ހަދާފަ ބަހައްޓަންފެނޭ . ތިތަން ތިމާވެއްޓާއި ރައްޓެހިތަނަކަށްހަދަން.އަޖައިބު އަންތަރީސްވާވަރުވޭ. ކޮސް ކަމުންވެސް ދެން މިވަރެއްނެތް. މިސަރަހައްދުގެ އެއްބައި ތިމާވެއްޓާއި ރައްޓެހިވެފަ އަނެއްބައި އޭގެ އިދިކޮޅު. ރައްޔިތުންނަށް ތަކުލީފު ޖެއްސުންނޫންކަމެއް ނުކުރޭ.ކާކުތަ މިޒަމާނު ރައްޔިތުންގެ ބޭނުންތަށް ނުފުއްދޭ މިންވަރަށް ތިމާވެށި ހިމާޔަތްކުރާނީ. ހަމަނުޖެހޭ ކޮސް ވިސްނުމެއްތީ
comment ވކ
5 month 2 week ago
ވާހަކަ ޕޭޖުގަ ހިމެނޭ ވާހަކައެއްތަ މިވެސް ކުރުވާހަކައެއްދޯމީ
comment ލލ
5 month 2 week ago
ވިލިމާލެވެސް ގޮޑެއްހެން އޮންނަތާ 20 އަހަރު މިވަނީ އެތަނަކަށް އެއްވެސް ރީތިކަމެއް ނާދޭ ކުނި ގޮޑެއްހެން ބީޗް ވެސް އެހާ ސާފުކަން ކިޑަކޮށް ، ހިދުމަތެއްވެސް ނުލިބޭ !