މަސްވެރިންނަށް ނުދީ ހުރި 15 މިލިއަން މިއަދު ޖަމާކުރަނީ

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި: މަސްވެރިންނަށް 20 މިލިއަން މިއަދު ޖަމާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޑިވެރީންނާއި މަސްވެރިންނަށް ނުދީހުރި 15.1 މިލިއަން ރުފިޔާ ޖަމާކުރަން މިއަދު ފަށައިފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން އެހެން ބުނީ، އިއްޔެއާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޭން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

https://sun.mv/198550

މިފްކޯއިން މިއަދު ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖަމާކުރަނީ މިދިޔަ މަހުގެ 27އިން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާއެވެ.

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި: މަސްވެރިންނަށް 20 މިލިއަން މިއަދު ޖަމާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެއިތުރުން، ބާކީ ނުދެއްކި ހުންނާނީ މިދިޔަ ހޯމަ ދުވަހުން އިއްޔެގެ ނިޔަލަށް މަސް ކިރާފައިވާ އަދަދުގެ ފައިސާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އެއީ، 2.98 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ރައީސް އިއްޔެ ވިދާޅުވި، މެނިފެސްޓޯގައިވާ ގޮތަށް 48 ގަޑިއިރު ތެރޭ ފައިސާ ދެވޭނެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް