މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން އަތުވެއްޖެ؛ މިދިޔަ އަހަރަށްވުރެ 9.4 ޕަސެންޓްގެ ކުރިއެރުމެއް

ވީއައިއޭގައި ފަތުރުވެރިންތަކެއް: މިހާތަނަށް 1.6 ފަތުރުވެރިން ރާއްޖެ އައި -- ސަން ފޮޓޯ/ އަމަން ލަތީފް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.

ސަރުކާރުގެ އަމާޒަކީ އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ހަމަކުރުމެވެ. މި އަމާޒަށް ވާސިލުވެވޭނީ އިތުރު 385،324 ފަތުރުވެރިން އައުމުންނެވެ.

ނަމަވެސް ފާއިތުވި ދެ އަހަރާ އަޅައިބަލާއިރު، މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ކުރިއަރައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،614،676 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައީ 1،476،573 ފަތުރުވެރިންނެވެ. މިއީ 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ވީއައިއޭގައި ފަތުރުވެރިންތަކެއް: މިހާތަނަށް 1.6 ފަތުރުވެރިން ރާއްޖެ އައި -- ސަން ފޮޓޯ/ އަމަން ލަތީފް

މިހާތަނަށް އައިއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

މިހާތަނަށް ރާއްޖޭގެ ޓޮޕް 10 މާކެޓުތަކަކީ:

  • ޗައިނާ: 236،822 ފަތުރުވެރިން
  • ރަޝިއާ: 177،788 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 137،288 ފަތުރުވެރިން
  • ޖާމަނީ: 121،800 ފަތުރުވެރިން
  • އިޓަލީ: 112،048 ފަތުރުވެރިން
  • އިންޑިއާ: 97،343 ފަތުރުވެރިން
  • ޔޫއެސްއޭ: 54،437 ފަތުރުވެރިން
  • ފްރާންސް: 43،511 ފަތުރުވެރިން
  • ސްޕެއިން: 37،809 ފަތުރުވެރިން
  • ސްވިޒަލެންޑް: 31،475 ފަތުރުވެރިން

މި ހިނގާ އޮކްޓޫބަރަށް ބަލާއިރު، ބުދަ ދުވަހުގެ ނިޔަލަށް 122،649 ފަތުރުވެރިން ރާއްޖެ އައެވެ. އެ ގޮތުން މި މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 5،333 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިސްޓު އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފަތުރުވެރިން އެވަރެޖްކޮށް ރާއްޖޭގައި ހަފުތާއެއްހައި ދުވަސް ހޭދަކުރެއެވެ.

comment ކޮމެންޓް