އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗުކޮށްފި

އުރީދޫ މޯލްޑިވްސް ގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފި ---

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ މިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާއިރު، މި ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުވެރި އަދި ހަރުދަނާ މަގެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ކަސްޓަމަރުންނަށް ލިބިގެންދާނީ:

  • 24/7 ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ޚިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން.
  • އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސްއިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއް ކަން ޔަގީންކޮށްދޭ
  • އުރީދޫގެ ސަޕޯޓް ޓީމާ މެދުކެނޑުމެއްނެތި ވާސިލުވެވޭނެ

އުރީދޫ މޯލްޑިވްސްއިން އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މި ސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ފުޅާކޮށްދިނުމަކީ އުރީދޫ މޯލްޑިވްސްއިން ފަޚުރުވެރިވާ ކަމެށް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމަރުންނަށް އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު (+960 9611929) އަށް މެސެޖުކޮށްގެން މިއަދުން ފެށިގެން ކަސްޓަމާ ސަޕޯޓް ލިބޭނެއެވެ.

މި ޗެނަލުން ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް