މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ދައުރު މި މަހު ހަމާވާތީއެވެ.
އެ މަގާމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އެއީ. :
- ގދ. ގައްދޫ، ކޯޒީ ރައުންޑް، ފާތިމަތު އަމީޒާ
- މިހާރު ވެސް އެ މަގާމުގައި ހުންނެވި އަސްމާ
އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރާނީ މަޖިލީހުގެ އިގުތިޞާދީ ކޮމިޓީންނެވެ.
އެގޮތުން، އެ ކޮމިޓީން އެފަދަ މަގާމުތަކަށް އާންމުކޮށް އިންޓަވިއުކުރަނީ ރައީސް މުއިއްޒު އިސްކަންދެއްވާފައިވާ ތަރުތީބުންނެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރަކީ ފަސް އަހަރެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވި އަސްމާ އެ މަގާމަށް އައްޔަން ކުރެއްވީ 2019ވަނަ އަހަރުގެ އޮކްޓޫބަރު 31ގައެވެ.