ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވައިލާފަ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލައިފިއެވެ.

މި ފުރުސަތު ހުޅުވާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 16ވާ ބުދަ ދުވަހުގެ 12:00އާ ހަމައަށެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30އިން މެންދުރު 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވީ އަސްމާ ޝަފީއުއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 2019ވަނަ އަހަރުގެ އޮކްޓޫބަރު 31ގައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރަކީ ފަސް އަހަރެވެ. މި މަގާމަށް މީހަކު ހޯދަން އިއުލާނު ކުރީ، އަސްމާގެ ދައުރު މިމަހު ހަމަވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް