ފަޅު ރަށެއްގައި ފޮރުވާފައި ހުރި 163 ގްރާމް މަސްތުވާތަކެތި ހޯދައިފި

ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުން ހޯދި 163 ގްރާމް މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ގއ. އަތޮޅު ފަޅުރަށެއްގައި ފޮރުވާފައި ހުރި 163 ގްރާމް މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއީ މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތި ކަމަށެވެ.

މި އޮޕަރޭޝަން ހިންގީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި އެ ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ފުލުހުން ބުނިގޮތުގައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަޅު ރަށަކުން ފޮރުވާފައިވާ މަސްތުވާތަކެތި ފުލުހުުން ހޯދިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މިއަދު ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ދޭތެރެއަކުން މީހުން އަތުލައިގެނެއެވެ.

ރާއްޖޭގައި މިހާރު މަސްތުވާތަކެތީގެ އަސަރުނުކުރާ ރަށެއް ނެތް ކަމަށް ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ)އިން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް